އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު
ސިޔާސީޕާޓީ ހިންގުމުގެ ނަމުގައި ގައުމަށާއި އާއިލާ ތަކަށް ކުރަމުން އަންނަނީ ފުރައްސާރަ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަރުގަދަ ރައްދެއް މިއަދު ދެއްވައިފި އެވެ.
ސައީދު މިފަދަ އިން ރައްދު ދެއްވާފައި މި ވަނީ ކުރީގެ ޔާމީން އިސްކޮށް ހުންނަވައި އުފައްދަވާފައިވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް،(ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދުގެ އިތުރުން އެ ޕާޓީގެ މެންބަރަކު، ރައީސް މުއިއްޒަށް ނިސްބަތްކޮށް، ދެއްވި ވާހަކަތަކާ ގުޅުވައިގެންނެވެ.
ރޭގެ ޖަލްސާގައި ޖަމީލް ވަނީ ރައީސް މުއިއްޒަށް ސުވަރުގެ ހަރާމްވާނެ ކަމަށް ބުނެ، ފަތުވާއެއް ނެރެފަ އެވެ.
ޖަމީލް އެހެން ވިދާޅުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ.
އެ ވީޑިއޯ ގުޅުވައިގެން މިނިސްޓަރު ސައީދު ވިދާޅުވީ 2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެ ޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައި ވެސް ހަމަ އެ ވީޑިއޯއިން ފެންނަ ޖަމީލް، ރުންކުރުވެ، އެ ތަނުގައި ތިބި ރައްޔިތުންނަކީ ނާގާބިލު އަދި ޖާހިލު ބައެއް ކަމަށް ގޮވުމަށްފަހު، ނަފުސު ކޮންޓްރޯލުނުވެ، ސްޓޭޖު ދޫކޮށް ވަޑައިގެންނެވި ކަމަށެވެ.
އަދި އޭގެ 17 އަހަރު ފަހުން ވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށާއި އަދި މައިކު އަތުޖެހުމުން "ދުނިޔެ ރަންވެ" ހޭބުއްދި ލުހި، އަނބިދަރީންނާއި އާއިލާ ތަކުގެ ކަރާމާތަށް އަރައި ގަންނަމުންދާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ބަސްމަގު ހުތުރުވެ، ނުވިތާކަށް ފާފަފުއްސެވުމާ ސުވަރުގެ އާއި ނަރަކައަށް ވެއްދެވުން ފަދަ ހަމަ އެކަނި މާތްﷲ އަށް ލިބިވޮޑިގެންވާ ބާރު ތަކާމެދު ވެސް ތިމާ އަމިއްލައަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށް ދިޔައީ ކަމަށާއި އެހެންވެ، މިކަހަލަ ދޫ ތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތް ކުރައްވާތޯ ދުއާ ކުރައްވާ ކަމަށެވެ.
އެ ފަދަ މީސްމީހުންނާ އަޅާ ބަލާއިރު ރައީސް މުއިއްޒުގެ ތަފާތަކީ ހަރުދަނާ ކަމާއި މަޑުމައިތިރި ކަމާއި ރީތި އަހުލާގުކަން ސައީދު ފާހަގަ ކުރެއްވި އެވެ.
"މި ކަހަލަ މީސްމީހުންނާ އަޅާ ބަލާއިރު ރައީސް ޑރ. މުއިއްޒުގެ ތަފާތަކީ ހަރުދަނާކަން، މަޑުމައިތިރިކަން، ރީތި އަހުލާގު، އަނެކުންގެ ކަރާމާތް ހިފެހެއްޓެވުން، ހީވާގިކަން، ރެއާދުވާލު ރައްޔިތުންނަށް ވެ ވަޑައިގަތް ވައުދު ފުއްދެވުމަށް ހިންމަތާއެކު އެ ކުރައްވާ ބުރަ މަސައްކަތް،" ސައީދު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މުރާލި ކަމާއި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައް ބަލައިގަނެ، އެ މަނިކުފާނަށް ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން އެ ގޮތަށް ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
"ސިޔާ ސީޕާޓީ ހިންގުމުގެ ނަމުގައި މި މީހުން މި ކުރަނީ ގައުމަށާ އާއިލާ ތަކަށްވެސް ފުރައްސާރަ، މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާ ގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ޖަލްސާގައި ރައީސް މުއިއްޒު އާ ގުޅުވައިގެން ދެއްކި ވާހަތައް ކުށްވެރިކޮށް މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް