އީކުއޭޓާ ވިލެޖް: ސޯޝަލް މީޑިއާ ފޮޓޯ
ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ބޮޑު މަގު ހެދުމުގެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މުއްތަލިބު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގަން އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓާ ވިލެޖްގެ ލޭބާ ކުއާޓާ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއި މަޝްވަރާ ކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން މިނިސްޓްރީއަށް މިއަދު އަންގާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެހެން ކަމުން، އެ މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް، ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
“އެހެންކަމުން، މި މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް، ކުރިއަށް ގެންދެވޭނެ ވާހަކަ ދަންނަވަން،" މުއްތަލިބު ވިދާޅުވި އެވެ.
މި މައްސަލަ ހަލުކުރުމަށް ޓަކައި އައްޑޫ އެއާޕޯޓު ކުންފުނިން ޓޫރިޒަމް މިނިސްޓްރީން ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ފާހަގަކޮށްފައިވާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވަނީ އެ ފަރާތް ތަކަށް ޝުކުރު ދަންނަވާފަ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށް ބޭނުންވާ ސަރަހައްދުގެ ތެރެއަށް އިކުއޭޓާ ވިލޭޖަށް ދޫކޮށްފައިވާ ބިމެއް ވަންނާތީ، އެ ބިން ހުސް ނުކުރުމުގެ ސަބަބުން ކައިމޫ ޓްރެވެލްސް އެން ހޮޓެލްސް ސާވިސް އާ އޭއައިއޭއާ ދެމެދު ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް