ރޫޓު ފިހާރަ ކައިރީ އާންމުން ކިޔުހަދާފައި -- ފޮޓޯ/ އަދަދު
ދުންފަތުގެ ވިޔަފާރި ކުރަމުން އަންނަ ފަރާތް ތަކުން މިއަދުން ފަށައިގެން ކުރިއަށް އޮތް ތިން މަސް ތެރޭގައި ލައިސަންސް ނެގުމަށް ހެލްތް މިނިސްޓްރީ އިން އަންގައިފި އެވެ.
ހެލްތް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ ރާއްޖެއަށް އަލަށް އެތެރެ ކުރާ ދުންފަތުގެ ބާވަތްތައް ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތް ތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފަށައިގެން ހުޅުވާލާފަ އެވެ.
ދުންފަތުގެ ވިޔަފާރި ކުރާ ފަރާތް ތަކަށް ދޫކުރާ ހަތަރު ލައިސެންސުގެ ތެރޭގައި:
1. ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް
2. ދުންފަތުގެ ބާވަތްތައް އިމްޕޯރޓުކުރުމުގެ ލައިސަންސް
3. ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯރޓުކުރުމުގެ ލައިސަންސް
4. ދުންފަތުގެ އައު ބާވަތެއް ރެޖިސްޓްރީ ކުރުން
ހެލްތް މިނިސްޓްރީން ބުނިގޮތުގައި ލައިސަންސްތައް ދޫކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމުން ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ލައިސަންސް އައު ކުރަން އެދޭ ފަރާތް ތަކުން މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން އެ ކަމަށް އެދި ހުށަހަޅަންޖެހެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސު ތަކަށް ދައްކަންޖެހޭ ފީ އަކީ:
1. ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ގަނޑުކޮށް ނުވަތަ ވަކި ވަކީން ވިއްކުމަށް ދޫ ކުރާ ލައިސަންސް ހޯދުމަށް ނުވަތަ އައު ކުރުމަށް - 5،000 ރުފިޔާ
2. ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓު ކުރާ ފަރާތް ތަކަށް ދޭ ލައިސަންސް ހޯދުމަށް ނުވަތަ އައު ކުރުމަށް - 10،000 ރުފިޔާ
3. ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓު ކުރާ ފަރާތް ތަކަށް ދޭ ލައިސަންސް ހޯދުމަށް ނުވަތަ އައު ކުރުމަށް - 10،000
4. ސްމޯކިން ރޫމް ނުވަތަ ސްމޯކިން އޭރިއާގެ ލައިސަންސް ހޯދުމަށް ނުވަތަ އައު ކުރުމަށް - 10،000
މި ހިދުމަތަށް ހޯދުމަށް އެދި ހުށަހަޅާނީ، ވަންގަވް ޕޯޓަލް މެދުވުވެރިކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށެވެ.
ވަންގަވް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި އެއްވެސް މައްސަލައެއް ދިވާވެއްޖެ ނަމަ ގުޅާނީ ވަންގަވް ހޮޓްލައިން ނަންބަރު 1500 އަށެވެ. އަދި އީމެއިލް ކުރާނީ support@one.gov.mv އަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް