ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފު ހަދިޔާ ކުރުން --
މާލެއާއި އަތޮޅުތަކުގެ ގުރުއާން ކުލާސްތަކާއި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ތަކަށް ބޭނުންވާ މުސްހަފު، ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށް އިސްލާކިމް މިނިސްޓްރީން ބުނެފި އެވެ.
ފުރަތަމަ ޝިޕްމެންޓުގައި ސައުދީން ރާއްޖެއަށް ފޮނުވީ 25،000 މުސްހަފެވެ.
އިސްލާމިކް މިނިސްޓްރީ އާ ސައުދީ އެމްބަސީއާ ގުޅިގެން އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މުސްހަފުތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސައުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއާޒް ފަހުދު އަލްދޯސްރީ އެވެ. އަދި އެ މިނިސްޓްރީގެ ފަރާތުން މުސްހަފުތަކާ ހަވާލުވެލެއްވީ، ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވަނީ، ރާއްޖެއަށް ދެމުން އަންނަ ދީލަތި އެހީތެރި ކަމަށް ޓަކައި ސައޫދީ ރަސްގެފާނު ސަލްމާން ބުން އަބްދުލް އަޒީޒު އާއި އެ މަނިކުފާނުގެ ވަލިއްޔުލް އަހުދު އަލްއަމީރު މުޙައްމަދު ބުން ސަލްމާންއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
މިއީ ސައުދީ އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ހާމަވެގެންދާ ކަމެއްކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ އެ ގައުމުން ހަދިޔާ ކުރި މުސްހަފު ތަކަކީ ކީރިތި ގުރުއާނުގެ އިލްމު ފުޅާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ވެސް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް