މިއަހަރުގެ ކުޑަކުދީންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

--

މި އަހަރުގެ ކުޑަކުދީންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމައިފި އެވެ.

މިއަދު ޕްރިންސިޕަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު ވަނީ މި ކަމާގުޅޭ ގޮތުން ޕްރިންސިޕަލުންގެ މަޝްވަރާ ހޯއްދަވާފަ އެވެ.

އެ ގޮތުން މާލޭ ސަރަހައްދުގެ ހުރިހާ ސުކޫލު ތަކުގެ ބައިވެރިވުމާއެކު ސުކޫލު ތަކުން ގުޅިގެން ކުލަގަދަ ކުޑަކުދީންގެ ހަވީރެއް ބޭއްވުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި އަތޮޅުތެރޭގެ ހުރިހާ ރަށްރަށުގެ ޕްރިންސިޕަލުންނާއެކު ބޭއްވި އޮންލައިން ބައްދަލުވުމުގައި، އެ ރަށްރަށުގައި ކުރިއަށްގެންދެވިދާނެ ހަރަކާތްތަކާ ގުޅޭ ގޮތުން މިނިސްޓަރު ހިޔާލު ހޯއްދެވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ކުޑަކުދީންގެ ދުވަހާ ގުޅުވައިގެން ސުކޫލް ފެންވަރުގައި ހާއްސަ އެސެމްބްލީ ތަކާއި އިތުރު ހަރަކާތްތައް ބޭއްވި ކަމުގައި ވިޔަސް، ކިޔަވައި ދިނުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް އެ ކަންކަން އިންތިޒާމު ކުރުމަށް ޕްރިންސިޕަލުންނަށް އިލްތިމާސް ކުރައްވާފައެވެ.

އަދި އެ ދުވަހުގެ ހަރަކާތްތައް މެދުވެރިކޮށް، ކުޑަކުދީންނަށް، އެ ކުދިންގެ ހައްގުތައް ކިޔައިދީ، އެ ކުދީންނާ މެދު މައިންބަފައިންނާއި މުޖުތަމައު އަދި ގައުމު ދެކޭ ހުވަފެންތައް ކިޔައި ދިނުމުގެ މުހިންމުކަން މިނިސްޓަރު ޝަފީއު ފާހަގަ ކުރެއްވި އެވެ.

މިއާއެކު އެމަނިކުފާނު ވަނީ ބެލެނިވެރީންނާއި މުދައްރިސުންނަށް ބުރަނުވާނެހެން، ވީހާވެސް ހަރަދުކުޑަކޮށް އެ ދުވަހުގެ ހަރަކާތްތައް ރޭވުމަށް ސުކޫލު ތަކަށް އިރުޝާދު ދެއްވާފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy