ހުޅުމާލޭ ދެ ވަނަ ފޭހުގައި އެއްފަހަރާ 3،000 މީހުންނަށް ނަމާދު ކުރެވޭ ޖާގައިގެ މިސްކިތެއް އަޅަނީ

ހުޅުމާލޭ ދެވަނަ ފޭހުގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކުރުން -- ފޮޓޯ/ އިސްލާމިކްސް މިނިސްޓްރީ

ހުޅުމާލޭ ދެވަނަ ފޭހުގައި އައު މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.

މިއަދު އެޗްޑީސީގައި ކުރިއަށްދިޔަ ހާއްސަ ބައްދަލުވުމެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭހުގެ ލޮޓު 22386 ގައި 2500 އާއި 3000 ދެމެދުގެ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ ބޮޑު މިސްކިތެއް އަޅާނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ހަރަދު ކޮށްގެންނެވެ. މިސްކިތުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު ހަމަޖައްސާނީ މިސްކިތް އެޅުމަށް ހަރަދު ކުރާ ފަރާތުންނެވެ.

މި މިސް އެޅުމަށް ބިން ހަވާލު ކުރާ ތާރީހުން ފަށައިގެން 24 މަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމުމަށް ކަނޑައަޅާފައިވާއިރު، މި މިސްކިތް ނިމޭއިރު، ސޯލާ އާއި އޭސީ ވެސް ހަރު ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މިސްކިތް ޑިޒައިން ކޮށްފައި ވަނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށެވެ.

މީގެ އިތުރުން މިހާރު ހުޅުމާލޭގައި އަޅަމުން އަންނަ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މި އަހަރުގެ ތެރޭގައި ނިމޭނެކަން ވެސް އިސްލާމިކް މިނިސްޓްރީން ފާހަގަކުރި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

23 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy