ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު -- ފޮޓޯ/ ރައީސް އޮފީސް
މާނަވީ ގޮތެއްގައި ކީރިތި ގުރުއާނާ ގާތްވުމަށްޓަކާ ކީރިތި ގުރުއާން ތަޖުވީދު މަގުން ރީތިކޮށް ކިޔަވަން ސަމާލުކަން ދޭ ފަދައިން ކީރިތި ގުރުއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަން ކުރަން އަބަދު ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ގުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވަނީ ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ރީތިކަމާއި ފުރިހަމަކަން ކީރިތި ގުރުއާނުގެ އިރުޝާދުގެ އަލީގައި ލިބިގަތުމަށް ބާރުއަޅުއްވާފަ އެވެ. އަދި މި ފަދައިން އަމަލުތައް ބެހެއްޓުމުން ދިރިއުޅުމަށާއި މުޅި މި ގައުމަށް ހެޔޮބަދަލު އަންނާނެ ކަމުގައި އެ ކަމަނާ ވިދާޅުވި އެވެ.
އެ ކަމަނާގެ ވާހަކަފުޅުގައި ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައިވެ އެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމައަކީ ކީރިތި ގުރުއާނުގެ ހިޔާވަހި ކަމަށް އެދޭ ބަޔަކަށް ވުމަކީ ވަރަށް އުންމީދީ މަންޒަރެއް ކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއް ކަމުގައި އެކަމަނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
އީގަލްސް ކޮމިއުނިޓީން އިޖުތިމާއީ ކަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ސާޖިދާ ވަނީ އެފަދަ މަސައްކަތްތައް ކުރުމަށް ބާރު އަޅުއްވާފަ އެވެ. ހަމަ އެއާއެކު އެ ކަމަނާ ވަނީ މުޖުތަމައުގެ ކަންކަން ކުރިއެރުވުމަށް ފަރުދީ ޒިންމާ އަދާކުރެއްވުމަށް ވެސް ބާރު އަޅުއްވާފަ އެވެ.
އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ގުރުން މުބާރާތް ބާއްވާފައި ވަނީ ނިމިގެންދިޔަ ރަމަޟާންމަހު ތާޖުއްދީން ސުކޫލްގެ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ.
މި މުބާރާތުގައި ޖުމުލަ 174 ދަރިވަރުން ބައިވެރިވެފައިވެ އެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހާސިލްކުރި ދަރިވަރުންނަށް އިނާމް ހަވާލު ކޮށްދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި އީގަލްސް ކޮމިއުނިޓީގެ ފަރާތުން ހުށަހެޅުއްވި ރިޕޯޓުގައި އެ ކޮމިއުނިޓީގެ ފަރާތުންވަނީ އިޖުތިމާއީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ދޭ އެއްބާރުލުން ފާހަގ ަކުރައްވައި އެ ކަމަށް ޓަކައި ޝުކުރުއަދާކުރައްވާފަ އެވެ.
އަދި ކުރިއަށް އޮތް ދުވަސް ތަކުގައި ބަލައިގެން ކިޔެވުމަށާއި ނުބަލައި ކިޔެވުމަށް އަދި ހާފިޒުންނަށް ހާއްސަކޮށް މިއަހަރަށްވުރެ، ފުޅާ ދާއިރާއެއްގައި އިތުރު ގުރުއާން މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރައްވާނެކަން އީގަލްސް ކޮމިއުނިޓީން ފާހަގަކޮށްފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް