މޮރޮކޯގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި

ދުބާއީ އިންޓަނޭޝަނަލް ހޯލީ ގުރުއާން ކޮމްޕެޓިޝަން 2022 ގައި ރާއްޖެ ތަމްސީލުކުރި އަލްހާފިޒު އަޙްމަދު ނަބީހު --

މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައިވާތީ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާ ކަމަށެވެ.

އެ ގޮތުން މުބާރާތުގެ ދެ ކެޓެގަރީގައި، ކޮންމެ ކެޓެގަރީއަކުން އެއް ބައިވެރިއަކު ބައިވެރި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ބައިވެރިވުމުގެ އާންމު ޝަރުތުތައް:

1. ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން.

2. ދިވެހި ރައްޔިތަކަށްވުން.

3. ރާއްޖޭގެ މަޝްހޫރު ގާރީއަކަށް ނުވުން.

4. ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.

ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ހާއްސަ ޝަރުތު:

1. މުޅި ގުރުއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ގުރުއާނުގެ 7 ވަނަ ފޮތާއި 8 ވަނަ ފޮތުން ކަނޑައެޅޭ އާޔަތް ތަކެއްގެ ތަފުސީރުކިޔުމުގެ ބައި،

މި ކެޓެގަރީގައި ބައިވެރިވެވޭނީ ރަގަޅަށް އަރަބި ބަހުން މުއާމަލާތުކުރަން އެނގޭ، ގުރުއާން ހިފުޒުކޮށް ސަނަދު ހާސިލުކޮށްފައިވާ ފަރާތް ތަކަށެވެ. އަދި ރަގަޅަށް ތަޖުވީދުގެ ހުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންވާނެ އެވެ.

2. ވިދިވިދިގެން ގުރުއާނުގެ 5 ހިޒްބު (2 ފޮތް ބައި) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައި،

މި ކެޓެގަރީއަށް ބައިވެރިޔަކު ހޮވުމުގައި ގުރުއާން ހިތުދަސް ހާފިޒުންނަށް އިސްކަން ދެވޭނެ އެވެ. އަދި ބައިވެރިވާ ފަރާތަށް ހިޒްބުތައް ވަކި ކުރަން އެނގެންވާނެ އެވެ.

މި މުބާރާތަކީ ދެ ޖިންސަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށާއި މި މުބާރާތަށް، ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުން އިމްތިހާނު ކުރުމަށްފަހުގައި ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.

އަދި އުމުރުން 18 އަހަރު ނުވާ ކުއްޖަކު ނުވަތަ ފެނުމުން މަހުރޫމުވެފައިވާ ފަރާތް ތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ދިއުމަށް ހޮވިއްޖެ ނަމަ އެ ބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް މަރުކަޒުން ބުނެފައިވެ އެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅަން ޖެހެނީ މި އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒަށެވެ. އީމެއިލް ކުރާ ނަމަ، "info@nchq.gov.mv" އަށް އީމެއިލް ކުރެވޭނެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

37 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy