ހުސައިން އާދަމް ބިލްޑިންގު -- ސަން ފޮޓޯ
ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި އެ މައްސަލަ ހުށަހެޅި ފަރާތުގެ އެއްބާރުލުން ނުލިބޭތީ، މައްސަލަ މިހާތަނަށް ވެސް ނިމިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ބުނި މ، ފ، ދ، ތ، ލ އަތޮޅުގައި ހިމެނޭ ރަށެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ފޯނުން ބަރަހަނާ ފޮޓޯ އާއި ވީޑިއޯ، އަދި ޖިންސީ ގުނަވަން ދެއްކި ކަމަށް ތުހުމަތު ކުރެވޭ މަސައްލައެއް، 2022 ޖެނުއަރީ 22 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ފޮރެންސިކް ތަހުލީލުތައްކޮށް، އަދި ހަ މީހެއްގެ ބަޔާނާއި ހެކިބަހުގެ އިތުރުން ދެ މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފޮރިންސިކް ތަހުލީލުންނާއި ބަޔާން ތަކުން ކުއްޖާ ބުނާ ބުނުން ފިޔަވައި، މައްސަލައާ ގުޅުން ހުރި އަދި ކުރާ ތުހުމަތަށް ބާރު ލިބޭ އެއްވެސް ހެތްކެއް، ނުވަތަ ގަރީނާއެއް ލިބިފައިނުވާ ކަމަށެވެ.
އޭގެ އިތުރުން ތުހުމަތު ކުރެވޭ މީހާ، ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖު ތަކާއި މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް އެ ކުއްޖާގެ ފޯނުގެ ފޮރިންސިކް ތަހުލީލުތަކުން ފެނިފައެއް ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އިތުރަށް ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކޮށް، 2022 އޭޕްރީލް 22 ވަނަ ދުވަހު ޕީޖީގެ މަޝްވަރާއަށް ފޮނުވުމުން ބައެއް އިސްލާހުތައް ގެނައުމަށް އެ އިދާރާއިން އެދިފައިވާ ކަމަށެވެ. މި އިސްލާހުތައް ގެނައުމުގައި މައްސަލަ ހުށަހަޅާ ފަރާތުން އެއްބާރުލުން ލިބިފައި ނުވާތީ، މައްސަލަ މިހާތަނަށް ނިމިފައިނުވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް