ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން --
އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދޫކުރާ ހާއްސަލަ ލައިސަންސުގެ ސަބަބުން ކުރީގެ ލައިސަންސު ބާތިލު ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާހުގެ ދަށުން 60 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ބައެއް އުޅަނދު ދުއްވޭ ގޮތަށް ދޫކުރުމަށް ނިންމާފައިވާ ހުއްދަ އާ ގުޅިގެން މިހާރު ދޫކޮށްފައިވާ އެއްވެސް ލައިސެންސެއް ބާތިލު ނުވާނެ ކަމަށެވެ.
އަދި އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބޭނުން ކުރުމަށާއި އަދި އާންމު އުސޫލުގެ ތެރެއިން ދޫ ކުރާ ލައިސަންސް ނެގުމަށާއި އެ ލައިސަންސް ބޭނުން ކޮށްގެން ދުއްވޭ ހުރިހާ ސަރަހައްދެއްގައި ދުއްވުމަށް 60 އަހަރު ފުރިފައިވާ ފަރާތް ތަކަށް ވެސް ހުރަހެއް ނެތް ކަމަށް ވެސް މިނިސްޓްރީއިން ބުނެ އެވެ.
މިނިސްޓްރީން ބުނީ މި ހުއްދަ ތައާރަފު ކުރުމުގެ މައިގަނޑު މަގުސަދަކީ އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގަވާއިދުގައި ބަޔާން ކުރާ އިމްތިހާނުތައް ފުރިހަމަ ކުރުމަކާ ނުލައި، އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ އުމުރުން 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް އަތޮޅު ތެރޭގެ ރަށްރަށުގައި މި ހުއްދައިގެ ދަށުން ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ގަވާއިދުގެ ތެރެއިން ފަސޭހަކޮށްދީ މަގުފަހި ކޮށްދިނުން ކަމަށެވެ.
އެހެންކަމުން އިސް އިސްރަށްވެހީންނަށް ގަވާއިދުގެ ތެރެއިން ފަސޭހަކަމާއެކު، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހަރަކާތްތެރި ވެވޭނެ ގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީން ގެނެސްފައިވާ ފަސޭހަ އަދި ހެޔޮ ބަދަލުގެ މަގުސަދު ގެއްލި މައުލޫމާތު އޮޅޭނެ ފަދައިން އެއްވެސް ފަރާތަކުން ޕޯސްޓު ތަކާއި އާޓިކަލްތައް ދައުރު ނުކުރުމަށް ވެސް އެ މިނިސްޓްރީއިން އިލްތިމާސް ކުރެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް