ރައްޔިތުންގެ މަޖިލިސް --
އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަންދެން އިސްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އިމިގްރޭޝަން ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. އިސްލާހު ހުށަހެޅުއްވީ މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު އެވެ.
މި ބިލު، ދިގު މުއްދަތަކަށް ކޮމިޓީ މަރުހަލާގައި ހުއްޓިފައި އޮތުމަށްފަހު، އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އެ ބިލަށް ބަދަލު ތަކެއް ގެނެސް ފާސްކޮށްފަ އެވެ. ޕީއެންސީގެ މެޖޯރިޓީ އޮންނަ 241 ކޮމިޓީން މި ބިލު ފާސް ކޮށްފައި ވަނީ އިއްތިފާގުންނެވެ.
ބިލަށް ގެނެސްފައިވާ މައިގަނޑު އިސްލާހަކީ، ކުރިން ބިލުގައި އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލު ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން ބަދަލު ކުރުމެވެ.
މިހާރު ބިލު އިސްލާހުކޮށްފައިވާ ގޮތުން، ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަނި ރާއްޖެ އެތެރެވުން މަނާވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި، 83 މެންބަރުންގެ އިއްތިފާގުންނެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މި ސަރުކާރުން ވެސް ވަނީ މިދިޔަ ޖޫން މަހު ނިންމާފަ އެވެ. ނަމަވެސް މި ނިންމުމަށް އަމަލު ކުރުން ލަސްވެ، ދިގުލައިގެން ގޮސްފައިވާތީ އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށާއި މަޖިލީހަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް