އައްޑޫ ސަންގްރިއްލާ ރިސޯޓު: ފޮޓޯ/ އަގޯޑާ ޑޮޓްކޮމް
އައްޑޫ ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މަރާމާތުކޮށް، އަލުން ހުޅުވުމާ ބެހޭ ގޮތުން ސަރުކާރުން ޝަންގްރިލާ މެނޭޖްމަންޓާ މަޝްވަރާކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ޝަންގްރިލާގެ އިސް މެނޭޖްމަންޓާއި ދެމެދު މިއަދު ބޭއްވި ބައްދަލުވުމުގައި ސަންގްރިއްލާ ގްރޫޕް ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓު ކްރިސްޓޮފާ ފޮންގް، އެ ރިޒޯޓު ހިންގުމުގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަ ކުރައްވައި، ރިސޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތް ތަކުގެ ފަހުގެ ތަފުސީލް ދެއްވި ކަމަށެވެ.
އަދި ސަރުކާރުގެ ފަރާތުން ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ފާޅު ކުރައްވައި، މި ކަމަށް މަގުފަހި ކުރުމަށް ސަރުކާރަށް ދެވިދާނެ ލުއިތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރި ކަމަށެެވެ.
މިއަދު ކުރި މަޝްވަރާގެ ސަބަބުން، ރިސޯޓް އަލުން ހުޅުވުމަށް ތަފުސީލީ ރޯޑު މެޕެއް އެކުލަވާލައި ރިޒޯޓު ހުޅުވުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް ޝަންގްރިލާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެއްބަސްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ ދެކުނުގެ ފަތުރުވެރި ކަމުގެ ސިނާއަތު ކުރި އެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ. އަދި ޝަންގްރިއްލާ އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ ފަތުރުވެރި ކަމަށާއި މުޅި ދެކުނުގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް ކަން މަޝްވަރާގެ ބައިވެރީން ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ގެ އިތުރުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޝަންގްރިއްލާގެ ފަރާތުން ކްރިސްޓޮފާ ފޮންގް ގެ އިތުރުން ޝަންގްރިއްލާ މޯލްޑިވްސްގެ ފައިނޭންޝަލް ކޮންޓްރޯލަރު ނިލޯ އަދި ޑިރެކްޓަރު އޮފް ގަވަރުމެންޓް އެންޑް ޕަބްލިކް އެފެއާޒް ސައުދު އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.
އޭގެ އިތުރުން ޝަންގްރިއްލާގެ ފަސް ސީނިއާ އެގްޒެކެޓިވުން އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް