ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ މިހާރު
އަމިއްލަ ބަހުގެ އަގާއި ގަދަރު ދަރީންނަށް ވިސްނައިދީ، ދިވެހިބަހުގެ އަދަބިއްޔާތާއި ފަންނު ތަކުގެ ތެރެއަށް ވަންނަ ހުނަރުވެރި ކުދީން ގިނަ ކުރުމަށް ބާރު އަޅައި، ދިވެހިބަހުން ވާހަކަ ދެއްކުމަކީ، އުފަލެއް، އަދި ފަހުރެއްކަމުގައި އެންމެންވެސް ގަބޫލު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތޯބުގައި ރާއްޖޭގެ އަމިއްލަވަންތަ ކަމާއި މިނިވަން ކަމުގެ އެންމެ އަގުހުރި އެއް ރަމްޒަކީ، ދިވެހިބަސް ކަމުގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި ވާހަކަދައްކައި ލިޔެކިޔާނެ އަމިއްލަ ބަހަކާއި އަމިއްލަ އަކުރު ތަކެއް ލިބިފައި އޮތުމަކީ ވަރަށް ބޮޑު ނިއުމަތެއް ކަމުގައި އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ދިވެހި ބަހުގެ ސަބަބުން ދިވެހީންގެ އެއްބައިވަންތަ ކަމާއި، މުއްސަނދި ސަގާފަތް ދައްކުވައިދޭ ކަމަށާއި، ދިވެހީންނަކީ ޒަމާނުއްސުރެ، ވަކި އާދަކާދަ ތަކަކާއި އުސޫލު ތަކެއް ހިފަހައްޓަމުން އަންނަ މުސްތަގިއްލު ބައެއްކަން މުޅި ދުނިޔެއަށް ކަށަވަރު ކޮށްދެނީ ދިވެހިބަހުގެ ސަބަބުން ކަމުގައި އެ މަނިކުފާނު ފާހަގަ ކުރައްވާފައިވެ އެވެ.
ރައީސްގެ ހިތޯބުގައި ދިވެހިބަހަށް ހިދުމަތް ކުރުމަކީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ދިވެހީން، ދިވެހީންގެ ގޮތުގައި އެތައް ހާސް އަހަރަކު ދެމިތިބީ، ދިވެހިބަހުން ބަސްމޮށި، އުޅޭތީކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.
ހަމައެއާއެކު ދިވެހިބަހަށް އިހުމާލުނުވުމަށް އެ މަނިކުފާނުގެ ހިތޯބުގައި ބާރުއަޅުއްވާފައިވެ އެވެ.
އަންނަން އޮތް ޖީލު ތަކަށް ދިވެހިބަސް ފޯރުކޮށްދިނުމަށް، އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރުމަށް ރައީސްގެ ހިތޯބުގައި ބާރު އަޅުއްވާފައިވެ އެވެ. އަދި ޒަމާނާ އެއްގޮތަށް ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތް ކުރުމަށާއި، ދިވެހިބަހުން ވާހަކަ ދެއްކުމަށް އިސްކަންދޭ ކުދިބަޔަކަށް ހެދޭނީ، ޒަމާނީ ފަންނިއްޔާތާއި މުއާސަލާތުގެ ތަރައްގީ އާއި ފައިހަމަ ކުރެވޭނެ ކުރިއެރުން ދިވެހި ބަހަށް ހޯދައިދީގެން ކަމުގައި އެ މަނިކުފާނު ފާހަގަ ކުރައްވާފައިވެ އެވެ.
އެއާއެކު ދިވެހިބަހާއި، ދިވެހި އަދަބިއްޔާތާއި، ދިވެހި ޅެންވެރިކަމުގެ މުއްސަނދި ކަމާއި މޮޅުކަން، އަދުގެޖީލު ތަކަށް މޭރުންވާނޭ މަގުން ކިޔައިދީ، އުނގަންނައިދިނުމަށް ވެސް އެ މަނިކުފާނު ވަނީ ބާރު އަޅުއްވާފަ އެވެ.
ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި އަބަދުވެސް ދިވެހިބަހަށް އިސްކަން ދޭން ވާނެ ކަމަށާއި، ދިވެހީންގެ އަމިއްލަވަންތަ ކަމުގެ މައިބަދަ އަކީ ދިވެހިބަސް ކަން ފާހަގަ ކުރައްވާފައިވެ އެވެ. އަދި ޒަމާނާ އެއްވަރަށް ފައި ހަމަ ކުރަމުން، ދިވެހިބަސް ކުރިއަރަމުން ދިޔުމުގެ ފޮނި އުންމީދު ކުރައްވާ ކަން އެ މަނިކުފާނު ފާހަގަ ކުރައްވާފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް