ޒަކާތު ފަންޑުން މަތީ ތައުލީމުގެ 50 ސްކޮލާޝިޕަށް ވަނީ ހުޅުވާލާފައި —
ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމުގެ އުސޫލުގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމަށް 50 ފުރުސަތަކަށް މިއަދު ހުޅުވާލައިފި އެވެ.
ސްކޮލާޝިޕަށް ހުޅުވާލައިފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެގޮތުން މިފުރުސަތު ތަކަކީ އިސްލާމީ ދާއިރާ ތަކުން މީހުން ބިނާ ކުރުމަށް ހުޅުވައިލި ފުރުސަތު ތަކެކެވެ.
މި 50 ފުރުސަތުގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުސަތު ހުޅުވާލެވުނު އިރު، ރާއްޖެއިން ބޭރުން 30 ފުރުސަތަކަށް ވަނީ ހުޅުވާލެވިފަ އެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލު ކުރުމަށް ދޭ ހާއްސަ ސްކޮލާޝިޕްގެ ފުރުސަތެވެ.
ރާއްޖެއިން ފުރުސަތު ހުޅުވާލެވުނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އަދި އެ ޔުނިވާސިޓީގެ މާސްޓާސް ކޯސް ތަކަކަށެވެ.
ރާއްޖޭގައި ކިޔަވަން ސްކޮލާޝިޕް ދެވޭ ދާއިރާތައް:
މާސްޓާ އޮފް އާޓްސް އިން ގުރުއާނިކް ސައިންސެސް – 6 ފުރުސަތު
މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – 3 ފުރުސަތު
އެގްޒެކެޓިޒް މާސްޓާސް އިން އިސްލާމިކް ފައިނޭންސް – 5 ފުރުސަތު
މާސްޓާ އޮފް އާޓްސް އިން ޝަރީއާ – 3 ފުރުސަތު
މާސްޓާ އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް – 3 ފުރުސަތު
ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލެވިފައި ވަނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރބިއްޔާ، މިސްރު އަދި ސާކް ގައުމު ތަކުންނެވެ.
މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލެވިފައި ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިންނެވެ. އަދި ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ.
މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ 2 ފުރުސަތު، މާސްޓާސްގެ 6 ފުރުސަތު އަދި ޕީއެޗްޑީ 9 ފުރުސަތު ހުޅުވާލެވިފައިވެ އެވެ.
މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލާޝިޕް ދެވޭ ދާއިރާތައް:
ބެޗެލާސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް - 2 ފުރުސަތު
މާސްޓާ އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް/ މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – 2 ފުރުސަތު
މާސްޓާ އޮފް އެޑިއުކޭޝަން އިން ޓީޗިން އޮފް އިސްލާމިކް އެޑިއުކޭޝަން - 1 ފުރުސަތު
މާސްޓާ އޮފް ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް - 1 ފުރުސަތު
މާސްޓާ އޮފް އިސްލާމިކް ސައިންސް - 1 ފުރުސަތު
ޑރ. އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ޖުޑިޝަރީ – 1 ފުރުސަތު
ޑރ. އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް – 1 ފުރުސަތު
ޑރ. އޮފް ފިލޯސޮފީ ދައުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – 1 ފުރުސަތު
ޑރ. އޮފް ފިލޯސޮފީ އިން ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – 1 ފުރުސަތު
ޑރ. އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް – 2 ފުރުސަތު
ޑރ. އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ – 2 ފުރުސަތު
މާސްޓާސް: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު
ޕީއެޗްޑީ: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު
މީގެ އިތުރުން 13 ހާއްސަ ސްކޮލާޝިޕްގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.
މި ފުރުސަތުތައް ހުޅުވާލާފައި ވަނީ ސާކުގެ ގައުމު ތަކުން، މިސްރުގެ ޔުނިވާސިޓީ ތެރެއިން އަލް- އަޒްހަރު ޔުނިވާސިޓީ އަދި ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވާސިޓީ، ގަސީމް ޔުނިވާސިޓީ، އުއްމުލްގުރާ ޔުނިވާސިޓީ، އަބްހާ ޔުނިވާސިޓީ، ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީން ނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޝަރީއާ، އަލްގަޟާ، ތަފްސީރު، ހަދީސް، އުލޫމުލް ގުރުއާން، އަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާ ތަކުން ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތައުލީމު ހާސިލު ކުރަމުންދާ މަރުކަޒުންދޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ސުޕާ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ / ޔޫރޮލޮޖިކަލް ސާޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ކޮންމެ ދާއިރާ އަކުން ފުރުސަތަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް