ސައުދީ ފަންޑުގެ އެހީ ދީގެން އަޅައި 400 ހައުސިން ޔުނިޓު މަޝްރޫއު އިފުތިތާހުކޮށްފި

--

ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް (ސައުދީ ފަންޑު) އިން 25 މިލިއަން ޑޮލަރުގެ ލޯނު ދީގެން ހުޅުމާލޭގައި އަޅައި "400 އެފޯޑަބަލް ހައުސިން ސްކީމް ޕްރޮޖެކްޓް" އިފުތިތާހު ކޮށްފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ސައުދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން އަބްދުއްރަހުމާން އަލް މަރްޝަދު އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭހުގައި 400 ސޯޝަލް ހައުސިން ޔުނިޓު އިމާރާތް ކުރާނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރި ކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ.

ސައޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓަކީ 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައި ވަނީ ތަރައްގީވަމުން އަންނަ ގައުމު ތަކުގައި ތަރައްގީގެ މަޝްރޫއު ތަކަށް މާލީ އެހީތެރި ކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކަ އެވެ.

މި ފަންޑުގެ މަގުސަދަކީ ލުއި ލޯނުތަކާއި ހިލޭ އެހީގެ ޒަރީއާއިން ދެމެހެއްޓެނިވި ތަރައްގީ ކުރި އެރުވުމެވެ. މި ގޮތުން މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ އަސާސީ ވަސީލަތް ތަކާއި، ސިއްހަތާއި، ތައުލީމާއި، އަދި ހަކަތައިގެ ދާއިރާ ތަކަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

25 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy