ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ސައުދީ ފަންޑްގެ ސީއީއޯއަށް އެރުވުން —
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަހުމާން އަލް މުރްޝިދަށް އަރުވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ނިސްބަތް ވަނީ އައްސުލްތާން މުޙައްމަދު ޝަމްސުއްދީނަށެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ސައުދީ ފަންޑްގެ ސީއީއޯއަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ، ސައޫދީ ފަންޑުން ރާއްޖޭގެ ރައްޔިތުންގެ ތަރައްގީ އަށާއި، ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް، ވަރަށް ފުޅާ، ދާއިރާ އެއްގައި ވެދެއްވާފައިވާ އަދި މިހާރު ވެސް ވެދެއްވަމުން ގެންދަވާ އެހީތެރި ކަމާއި، އެއްބާރުލެއްވުމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ރައީސުލްޖުމްހޫރިއްޔާ، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ސައުދީ ފަންޑުގެ ސީއީއޯ އަށް އަރުވައިފައި ވަނީ ދިވެހި ރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ތިން ވަނަ މާއްދާއިން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް