ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް: ފޮޓޯ/ ފޮރިން މިނިސްޓްރީ
ފިލިޕީންސުގައި ޕައިލެޓު ތަމްރީނު ހަދަމުންދަނިކޮށް، އަނިޔާވި ދިވެހި ދަރިވަރުގެ ހާލު ކައިރިން ބަލަމުން އަންނަ ކަމަށް ފޮރިން ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ޒަހަމްވެފައި ވަނީ ހދ. ހަނިމާދޫ، އަބްދުލްމާނިއު އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އަބުދުލް މާނިއުގެ ބައްޕަ، އާމިރު އާ ފޯނުން ގުޅާ ދަރިވަރުގެ ހާލަތާ ގުޅޭ ގޮތުން މިއަދު ވާހަކަ ދައްކާފައިވާ ކަމަށެވެ.
"ދަރިފުޅުގެ މަންމަ އާއި ބޭބެ ފިލިޕީންސް އަށް މިހާރު ދެވިއްޖެ ކަމަށާއި މާތްﷲގެ ވާގިފުޅާއެކު ދަރިފުޅު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި،" އެ ޕޯސްޓުގައިވެ އެވެ.
ފޮރިން މިނިސްޓްރީ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅައިގެން ދަރިވަރުގެ ހާލު އޮޅުންފިލުވި ކަން ފާހަގަކޮށް، ސަރުކާރުން މިހާ ގާތުން މިކަން ބަލަމުން ގެންދާތީ މާނިއުގެ ބައްޕަ އުފާ ކުރާ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
"އަދި ފިލިޕީންސް ގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުން މި ފަދަ ވަގުތެއްގައި ލިބެމުންދާ އެހީތެރި ކަން ފާހަގަ ކުރައްވާ، އެކަމާ ޝުކުރުވެރިވާ ކަމަށް ވެސް ވިދާޅުވި،" އެ ޕޯސްޓުގައިވެ އެވެ.
މިނިސްޓަރު ހަލީލް އިތުރަށް ވިދާޅުވީ ހާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފަށައިގެން، ރައީސް ޑރ. މުއިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން ގެންދަނީ ދަރިވަރުގެ ހާލު ވަރަށް ކައިރިން ބަލަމުން ކަމަށެވެ.
އެ ހާދިސާ ހިނގީ މާނިއު ދުއްވި މަތިންދާ ބޯޓު ބިމަށް ޖައްސައި ނިމުމުން އިންޖީނު ނިއްވާނުލައި ފައިބައިގެން ދަނިކޮށެވެ. އެއީ ސެސްނާ -125 މަރުކާގެ މަތިންދާބޯޓެކެވެ.
އެ ހާދިސާގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ މާނިއުގެ މޫނަށެވެ. އޭގެ އިތުރުން އޭނާގެ އަތާއި ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމު ތަކެއް ލިބިފައިވެ އެވެ.
މާނިއު ޕިލިޕީންސްގައި ތައުލީމު ހާސިލު ކުރަން ފެށިތާ އަހަރަކަށްވުރެ، ގިނަ ދުވަސް ވެއްޖެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް