މިއަދު އޮތް ކެބިނެޓް ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
އެކެއް ޖެނުއަރީ 2007 އިން ފަށައިގެން އުފަންވެފައިވާ އަދި މި ތާރީހުގެ ފަހުން އުފަންވާ ހުރިހާ ކުދީން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒު ކުރުމަށް ކެބިނެޓުން ނިންމަވައިފި އެވެ.
ކެބިނެޓުން މިފަދައިން ނިންމެވީ، މިއަދު އޮތް އެ ކެބިނެޓު ބައްދަލުވުމު ގައެވެ.
މި ނިންމުން ނިންމަވާފައިވާއިރު، މި ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމަށް ގާނޫނާއި ގަވާއިދު ތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ޓަކައި، ތަންފީޒީ އިދާރާ ތަކުން ކުރަން ޖެހޭ ކަންކަން ކުރުމަށް ވަނީ ނިންމަވާފަ އެވެ.
މި ގޮތުން ގާނޫނަށް އިސްލާހު ގެނެސް، ތަސްދީގު ކުރާ ތާރީހުން ފަށައިގެން ގާނޫނަށް އަމަލު ކުރަން ފެށުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މި އަހަރުގެ ނޮވެމްބަރު އެއް ވަނަ ދުވަހު، މި ގާނޫނު ތަންފީޒު ކުރަން ފެށުމަށް ވެސް ކެބިނެޓުން ވަނީ ނިންމަވާފަ އެވެ.
ޓޮބޭކޯ ސިޒޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ޓަކައި، ޕްލޭނިން މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ ގުޅިގެން މަސައްކަތްތައް ކުރިޔަށް ގެންދާނެ އެވެ.
ޒުވާން ޖީލު ދުންފަތާ ދުރު ކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް، ރައީސް މުއިއްޒު، އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލެއްވި އެވެ.
މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މެދުވެރިކޮށް، ހުޅުވާލެއްވި މި ފަދަ ފުރަތަމަ ޕޯލެވެ.
ދުންފަތުގެ ވިޔަފާރި ކުރާ ފަރާތް ތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރި އަކަށް ބަދަލުވުމަށް ވެސް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް