ޖޭއެސްސީގެ ރައީސަކީ ރިޒާ

---

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަމުގެ މަގާމަށް ހުސެއިން ރިޒާ އިންތިހާބުކޮށްފި އެވެ.

އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތަމްސީލް ކުރައްވާ މެންބަރަކަށް މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އިންތިހާބުކުރީ މިއަދު އޮތް ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ. ޖޭއެސްސީގެ މެންބަރު ކަމަށް މަޖިލީހުން ރިޒާ ކަނޑައެޅުއްވީ މި މަހުގެ 3 ގަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޖުޑީޝަރީގައި މަސައްކަތް ކުރައްވާފައިވާ ރިޒާ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ކުރިން ކްރިމިނަލް ކޯޓުގައި ވެސް ކުރިން މަސައްކަތްކުރެއްވި އެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް އިންނަވަ އެވެ.


މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި އެޓާނީ ޖެނެރަލާއި ރައީސް ކަނޑައަޅުއްވާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައިކޯޓުން ކަނޑައަޅާ މެންބަރެއް ވެސް ޖޭއެސްސީގައި ތިއްބަވާނެ އެވެ.

ޖޭއެސްސީގެ ރައީސްކަމަށް ރިޒާ އިންތިހާބު ކުރިއިރު، އެ ކޮމިޝަންގެ ނައިބު ރައީސަކީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.


---

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

26 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy