އައިޑީ ކާޑު --
އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް މި މަސް ތެރޭގައި ފެށުމަށް ތައްޔާރުވެރިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރް) އިން ބުނެފި އެވެ.
އައިޑީކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފަށަން ނިންމާފައި ވަނީ މ. މުލީ، ށ. ފުނަދޫ، ށ. މިލަންދޫ އަދި ނ. ވެލިދޫގަ އެވެ.
15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް މިހާރުވެސް ދެމުން އާދެއެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވައުދުފުޅެކެވެ.
ރައްޔިތުންނާ ގާތުން މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި ނިމިދިޔަ ނޮވެމްބަރު މަހުން ފަށައިގެން މިހާތަނަށް އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ވަނީ ގާއިމު ކޮށްފަ އެވެ.
އެ ގޮތުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އައިޑީކާޑު ޕްރިންޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް