ރައީސް މުއިއްޒުގެ ދީނީ ސިޔާސަތުތައް ވަރަށް ކަމުދޭ: މުޖުތަބާ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދީނީ ސިޔާސަތު ތަކާއި އިޖުތިމާއީ ކަންކަމުގައި އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތު ވަރަށް ކަމުދާ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވެއްޖެ އެވެ.

ވެމްކޯ މުވައްޒަފުންގެ ގުރުއާން މުބާރާތް 1446 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުޖުތަބާ ވިދާޅުވީ މީގެ ހަތަރު ފަސް އަހަރު ކުރިން މަސައްކަތް ކުރާން ޖެހުނީ ރައީސް މުއިއްޒާއެކު ވަރަށް އަރިހުގައި، ކަމަށާއި އޭރު، އެ ބޭފުޅާގެ ވައްޓަފާޅި އާއި ގެންގުޅުއްވާ ސްޓްރެޓެޖީ ވަރަށް ކަމުދިޔަ ކަމަށެވެ.

މުޖުތަބާ ވިދާޅުވީ އެ ކަހަލަ މޭރުމަކުން އޭނާގެ މެނޭޖްމެންޓް ސްޓައިލް ވެސް ގެންދަން ވަރަށް ގިނަ ފަހަރު މަސައްކަތްކޮށްފައި ވާނެ ކަމަށާއި އެ ގޮތުން އޭރު ކައުންސިލްގައި އަލަށް ގުރުއާން މުބާރާތާއި މަދަހަ މުބާރާތްތައް ފެށިގެންދިޔަ ކަމަށެވެ.

މެނޭޖުމެންޓު ސްޓައިލްގައި އެކިއެކި އިޖުތިމާއީ ކަންކަމުގައި ޝާމިލުވާނެ ގޮތް އުނގަންނައި ދެއްވީތީ މުޖުތަބާ ވަނީ ރައީސް މުއިއްޒަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.

"އެ ހަމަ "ސްޓެޕިން ސްޓޯން" އޭ އަޅުގަނޑުވެސް މީގެ ތެރޭގައި ޝާމިލުކޮށް، އެ މަގުން އަޅުގަނޑު ގޮސްފައި މި އޮތީ. އެ މަނިކުފާނުގެ ދީނީ ސިޔާސަތާއި އިޖުތިމާއީ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތު ވަރަށް ކަމުދާތީ، އެ ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ އިޖުތިމާއީ އަދި ދީނީ ސިޔާސަތު ވެސް ބައްޓަން ކުރީ،" މުޖުތަބާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ ރާއްޖޭގައި އިސްލާމީ ވަހުދަތު ގާއިމު ކުރުމާއެކު އިސްލާމް ދީނަށް ރައްޔިތުންގެ މެދުގައި ލޯބި ޖެއްސުމަށް ކުރަން ޖެހޭ ކަންތައްތައް، އިސްގަނައިގެން ކުރުމުގެ އަޒުމުގައި ދެމި ހުންނެވި ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި މި ކަހަލަ ކިތަންމެ ޕްރޮގްރާމެއް، ވެމްކޯ އަދި ވެމްކޯއާ ގުޅުން ހުރި ދިމަދިމާލުގައި އަތޮޅުތެރޭގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އެ ބޭފުޅާ (ރައީސް މުއިއްޒު) އަށް އަރުވަން،"

މި ފަދަ ބޮޑެތި މުބާރާތް ތަކެއް ކުރިއަށް ގެންދެވެނީ ކުންފުނީގެ މުވައްޒަފުންނާއި ވެރީންގެ ހީވާގި އަދި ބުރަ މަސައްކަތުން ކަން ފާހަގަ ކުރައްވާ މުޖުތަބާ ވަނީ އެ ހުރިހާ ފަރާތް ތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

21 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy