އައިޔޫއެމް ސަނާބިލް އިމާރާތުގެ ބިންގާ ރައީސް އަޅުއްވައިދެއްވުން —
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް އިމާރާތް ކުރަން ފެށުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ޝަރަފުވެރި ކޮށްދެއްވައިފި އެވެ.
މިއަދު ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވަނީ ސަނާބިލް އިމާރާތް ކުރަން ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފަ އެވެ.
ސަނާބިލް މަޝްރޫ އަކީ އައިޔޫއެމް އަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޔުނިވަސިޓީގެ ބިމެއްގައި ހަތް ބުރީގެ "މިކްސްޑް ޔޫޒް ކޮމްޕްލެކްސް" އެއް ބިނާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސް ތަކާއި، ފުޑް ކޯޓާއި، މީޓިން ރޫމު ތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިން ޖާގަތައް ހިމެނެ އެވެ.
މި މަޝްރޫއަކީ އިސްލާމިކް ފައިނޭންސްގެ ސުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން އިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫއެވެ. މި މަޝްރޫއު ހިންގުމަށް ރާއްޖޭގެ ކެޕިޓަލް މާކެޓްގައި އެއް މަސް ދުވަހުގެ މުއްދަތަށް އައިޔޫއެމްގެ ސުކޫކު (ސުކޫކު އިސްތިސްނާއު) ސަބްކްރިޕްޝަން އަށް ހުޅުވާލީ 11 އޮގަސްޓް 2024 ގައެވެ.
އަދި މުއްދަތު ހަމަވިއިރު ,ސަބްސްކްރައިބް ކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާމިކް އިންނެވެ.
މި އިމާރާތް ނިންމުމަށް ކަނޑައަޅާފައި ވަނީ 18 މަސް ދުވަހުންނެވެ.
މުވައްސަސާތައް ހިންގުން ހަރުދަނާ ކުރެއްވުމަށާއި، ބާރުވެރި ކުރުވުމަށް ސަރުކާރުން އަންނަނީ އެ މުވައްސަސާ އަކަށް ބޭނުންވާ އެންމެ ފުރިހަމަ އެއްބާރުލުން ދެމުން ކަން ފާހަގަ ކޮށްލެވެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް