މުލިއާގެ -- ފޮޓޯ/ މިހާރު
މުލިއާގޭ ބަޖެޓުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބޭނުންފުޅަށް ކޮށްފައިވާ ހަރަދެއް ކަމަށް ބުނެ، ފަތުރާފައިވާ ހަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ހަބަރެއް ކަމަށް ރިޔާސީ ގަނޑުވަރުގެ ކަންކަން ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި މިނިސްޓާ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމް ވިދާޅުވެއްޖެ އެވެ.
އިގްބާލް މިހެން ވިދާޅުވީ އާ ރަށުގައި ރައީސްގެ ކޭން ބެއްލެވުމަށް އެއް ދުވަހަށް 9000 ރުފިޔާ ހަރަދުވާ ކަމަށް ބުނެ، 13 އޮންލައިނުން ފަތުރާފައިވާ ހަބަރަކާ ގުޅުވައިގެންނެވެ. ރައީސް، ފަރިއްކުޅުއްވަން އާރަށަށް ގެންދަން ގަތް ކަމަށް ބުނާ ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ކަމަށް ވެސް އެ ހަބަރުގައި ބުނެފައިވެ އެވެ.
ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި އިގްބާލް ވިދާޅުވީ ކުރީގެ އެކި އެކި ރައީސުން ރަސްމީ ބަޖެޓުން ފަރިއްކޮޅަށް ކުރެއްވި ހަރަދުތަކާ އަޅާބަލާއިރު، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާ ކުރެއްވި ހިސާބުން ފަށައިގެން ކުރައްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަވާނެ ކަމަށެވެ.
އިގްބާލް ވިދާޅުވީ ވީހާވެސް ހަރަދުތައް ކުޑަވާނެ ގޮތަށް ކަންކަން ކުރެއްވުމަށް ރައީސް މުއިއްޒު ލަފަ އާއި އިރުޝާދު ދެއްވާ ކަމަށާއި، މުލިއާގޭ ގެ ހަރަދުތައް ބަލަހައްޓަމުން ދަނީ އެ މަގުން ކަމަށެވެ.
"ކިރިޔާވެސް ކުރާން ޖެހޭ ހަރަދެއް ނޫނިއްޔާ އަޅުގަނޑުމެން ނުކުރާނެ،" އިގްބާލް ވިދާޅުވި އެވެ.
އިގްބާލް އިތުރަށް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް ޓަކައި ރައީސް މުއިއްޒު، ފިޔަވަޅުތައް އަޅުއްވަމުން ގެންދަވަނިކޮށް، މި ފަދަ ބުހުތާނު ދޮގު ވާހަކަތައް ފެތުރުމަކީ ރައްޔިތުންގެ މެދުގައި ފަސާދަ އުފެދޭނެ ކަމެއް ކަމަށެވެ. އަދި ހަގީގަތާއި ހިލާފު މި ފަދަ ދޮގު ހަބަރުތައް ނުފެތުރުމަށް ވެސް އިގްބާލް ގޮވާލައްވާފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް