ހޮޅުދޫ ބޯޓުން ކަނޑަށް ގެއްލިގެން ހޯދާ މުޝްފިގް --
ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރު ކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓުން" ކަނޑަށް ގެއްލުނު އުމުރުން 25 އަހަރުގެ އަލީ މުޝްފިގު ޝަރީފަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަލިފާން ރޯވިއިރު، ހޮޅުދޫ ބޯޓުގައި މުޅިއެކު 18 މީހުން ތިއްބެވެ. އޭގެ ތެރެއިން 17 މީހަކު ސަލާމަތްކޮށްފައިވާއިރު، އެ ބޯޓުން ގެއްލިފައި ވަނީ މުޝްފިގް، އެކަންޏެވެ.
މާވަށު ކައުންސިލުން އޮތީ މުޝްފިގު ޝަރީފުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިއަދު ހުކުރު ނަމާދަށްފަހު، ބާއްވާ ގޮތަށް ކުރިން ނިންމައިފަ އެވެ.
ޝަހީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މާވަށު ދޯނީގެ ހާދިސާގައި ގެއްލިފައިވާ މުޝްފިގުގެ ކަށު ނަމާދު މިއަދު ނުކުރާނެ ކަމަށާއި އެކަމާ ބެހޭ ގޮތުން މުޝްފިގުގެ އާއިލާ އާ ވާހަކަ ދައްކާފައިވާނެ ކަމަށެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ އެ ގޮތުން ހާދިސާ އާ ގުޅިގެން އިސްލާމީ ޝަރީއަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން މުޝްފިގުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މުޝްފިގަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއް، އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް، އޭނާ ގެއްލުނު ހާދިސާއަކީ އެ އާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއް، މާތްﷲ ގެ ރަހުމަތް ތަނަވަސް ވެގެން ވޭ،" ޝަހީމް ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅުވައިގެން މިނިސްޓަރު ޝަހީމް އިއްޔެ ވިދާޅުވީ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރެވޭނީ އެ މީހާ މަރުވެފައިވާ ކަމަށް ގާޒީ ކަނޑައެޅުން ކަމަށެވެ.
މި ފަދަ ހާލަތުގައި އެ މީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަން ވާނީ ގާޒީ އަށް ކަމަށާއި އެ އަށްފަހު، ކަން ހިނގައި ދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެ ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ، އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމަށް ވެސް ޝަހީމް ވިދާޅުވެފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް