މުދައްރިސުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ދަންމަރުތަކެއް: ހުތުބާ

އިސްލާމީ މަރުކަޒުގައި ބަޔަކު ނަމާދު ކުރަނީ --

މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހުތިރާމު ދަރިވަރުން އަދާ ކުރާން ޖެހޭ ކަމަށާއި އެ މީހުންނަކީ ދުނިޔެ އާއި އާހިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ދަންމަރު ތަކެއް ކަމަށް މި އަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުތުބާގައި ވަނީ މި ފެށުނު ދިރާސީ އަހަރު، ދަރިވަރުން އިސްލާމް ދީނާއި ދުންޔަވީ ރޮނގު ތަކުން އިތުރު ކުރިއެރުން ތަކެއް ލިބޭތޯ ގަދަ އަޅައި މަސައްކަތް ކުރުމަށާއި އަދި ދުނިޔެ އާއި އާހީރަތަށް ފައިދާ ހުރި، އިލްމީ ހަރަކާތް ތަކުން، އެ ކުދީންގެ ހުސްވަގުތު ފަޅުފިލުވައިލުމަށް ގޮވާލާފަ އެވެ.

ހުތުބާގައި ބުނީ އަހަރެމެންގެ ދަރީން ތަރުބިޔަތުކޮށް، ރާއްޖޭގެ ތައުލީމީ މަންހަޖުގައި ބަޔާން ކުރާ ފަދައިން، އިސްލާމް ދީނަށާއި ގައުމަށް ވަފާތެރި، ފައިދާ ހުރި ބަޔަކަށް އެ ކުދީން ހެދުމުގައި، އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

މި ފަދަ ތަރުބިޔަތެއް އެ ކުދީންނަށް ދެވޭނީ، ކެތްތެރި ކަމާއި، ހިކުމަތްތެރި ކަމާ އެކު، އެ މަސްއޫލިއްޔަތު އަދާ ކުރައްވައިގެން ކަމަށާއި އެދުރުން ކިޔަވައިދެއްވާ ކުދިން، ނަމޫނާ އަކަށް ބަލާނީ، އެ އެދުރުން ކަން ހަނދާނުގައި ބެހެއްޓުމަށް ހުތުބާގައި ބުނެފައިވެ އެވެ.

"އެ ކުދީންނަށް ރަނގަޅު ކަމުގައި ފެންނާނީ، ތިޔަ އެދުރުން އެކުދީންނަށް ރަނގަޅު ކަމުގައި ދެއްކެވި ކަމެއް، އަދި އެ ކުދިން ހުތުރު ކަމުގައި ދެކޭނީ، ތިޔަ އެދުރުން އެ ގޮތަށް ދެކެވަޑައިގަންނަވާ ކަންކަން، ވީމާ އެ ކުދިން އިސްލާމްދީނާއި ގައުމު ދެކެ ލޯބިވާ، ގައުމުގެ މިނިވަން ކަމާއި، ސިޔާދަތު ދަމަހައްޓާން ދަންނަ ބަޔަކަށް ހަދާށެވެ، އެ ކުދީންނަކީ، ބަވަނަވަމުންދާ ވެށްޓަށް އަހުލުވެރި، ހޭލުންތެރި ބަޔަކަށް ހަދާށެވެ،" ހުތުބާގައި ބުންޏެވެ.

ދަރީންނަށް ތައުލީމު ދީ، އެ ކުދީން ތަރުބިޔަތު ކުރެއްވުމަށް ޓަކައި، ކުރައްވާ މަސައްކަތަށް ތައުރީފު ހައްގު ކަމަށާއި ކުދީންގެ ބޭނުންތައް ފުރިހަމަކޮށްދެއްވައިގެން، ކޮންމެ ދުވަހަކު އެ ކުދީން ސްކޫލަށް ގެންގޮސް ގެނައުމުގެ ބުރަމަސައްކަތް ކުރައްވާ މަންޒަރަކީ، އުފާވެރި މަންޒަރެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ދަރީންނަކީ މާތްﷲ އަހަރެމެންނާ ހަވާލު ކުރައްވައިފައިވާ އަމާނާތެއް ކަމަށެވެ. އެހެން ކަމުން މިއަދު އެ ކުދީން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރެވިއްޖެ ނަމަ، މާދަމާ އެ ކުދީންގެ މަންފާ އަހަރެމެންނަށް ކުރާނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"އެހެން ވީމާ ދަރީންނަށް އިސްލާމީ ރިވެތި އަދަބާއި، އުޅުން ދަސްކޮށްދީ، ކީރިތި ގުރުއާނާ ރަސޫލުﷲ ސައްލަﷲ އަލައި ވަސައްލަމްގެ ސުންނަތަށް އަމަލު ކުރާން ދަސްކޮށްދޭށެވެ، ފަރުޟު ފަސް ނަމާދު އަދާ ކުރާ ބަޔަކަށް އެ ކުދީން ހަދާށެވެ،" ހުތުބާގައިވެ އެވެ.

މަދަރުސާ އަކީ، ދަރީންގެ ދެ ވަނަ ހިޔާވަހި ކަމަށާއި އެ ކުދީންގެ ހިތް ތަކުގައި، އިސްލާމީ އަގީދާ ހަރުދަނާ ކޮށް، އިސްލާމީ އުސޫލުތައް ބިނާ ކުރާ ތަނަކީ މަދަރުސާ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މަދަރުސާ އިން މި ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، މުޅި އުންމަތުގެ މުސްތަގުބަލު އުޖާލާވެ، އަމާންވުމުގެ އިތުރުން ބާއްޖަވެރި ކަމުގެ މަގުތައް އާރާސްތުވެ، ފާގަތިކަން އާންމު ވާނެ ކަމަށެވެ.

އަދި މި ބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ، މަދަރުސާ އާއި، މުދައްރިސުންނާއި، ބެލެނިވެރީން ގުޅިގެން، އެ ފަރާތް ތަކުގެ ލަނޑުދަނޑި ތަކާއި، އަމާޒު ތަކާއި، ތަސައްވުރުތައް، އެކައްޗަކަށް ހަދައިގެން ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

"އިލްމާއި ހުނަރާ އެއް ވަރަށް، އެ ކުދީންގެ އަހުލާގު ވެސް ރިވެތިކޮށް ބައްޓަން ކޮށްދޭށެވެ، އެއާ އެކު އިސްލާމްދީނަށް ލޯބިކުރާ، އިސްލާމީ އުސޫލު ތަކުގައި ހިފަހައްޓާ، ދަރީން ތަކަކަށް އެ ކުދީން ހެދުމަށް، މުދައްރިސުންނާއި، ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރާށެ، އެ ކުދީންނަށް ނަމާދު ކުރާން ދަސްކޮށްދީ، އެ ކަމަށް އާދަ ކުރުވާށެވެ، ކީރިތި ގުރުއާން ކިޔަވާން ބާރު އަޅާށެވެ، ދީނުގެ އަސާސީ ހުކުމްތައް ދަސްކޮށްދޭށެވެ،" މިއަދު އިއްވި ހުތުބާގައި ބުނެފައިވެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy