ގެއްލުނު މީހާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރެވޭނީ މަރުވެފައިވާ ކަމަށް ގާޒީ ކަނޑައެޅުމުން: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު --

ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރެވޭނީ އެ މީހާ މަރުވެފައިވާ ކަމަށް ގާޒީ ކަނޑައަޅައި ނަމަ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މީސް މީޑިއާގައި މިނިސްޓަރު ޝަހީމް ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑަށް ވެއްޓި ގެއްލި ހޯދަން އުޅެ ނުފެނިފަވާ މީހަކު މަރުވެފައިވާ ކަމަށް ބަލައި، ޣައިބަށް ކަށު ނަމާދު ކުރުމާމެދު އަމަލު ކުރާނެ ގޮތާ މެދު ސުވާލު ކުރަމުން އަންނަ ކަމަށެވެ.

ޝަހީމް ވިދާޅުވީ މި ފަދަ ހާލަތުގައި އެ މީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަން ވާނީ ގާޒީ އަށް ކަމަށާއި އެ އަށްފަހު، ކަން ހިނގައި ދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެ ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ، އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މި ކަމުގައި ގާޒީގެ ހުކުމެއް އޮންނަން ޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުއީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވުމުން ކަމަށެވެ.

އެ ގޮތުން ޝަހީމް ވިދާޅުވީ ގެއްލިފައިވާ މީހަކު ނަމަ އެ މީހާ އަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމުގައި ވެސް ވެދާނެ ކަމަށެވެ. ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެ ކަމަށާއި ނޫނީ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއް ކަމުގައި ވެދާނެ ކަމަށާއި އެ މީހުންނަކީ އޭނާގެ ވާރުތަ ވެރީން ކަމަށެވެ.

އަދި އޭނާ އަކީ އެ މީހުންގެ ވާރުތަ ވެރިއެއް ކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ، މި ހުރިހައި ކަމެއްގެ ހުކުމް ތަކަށް ޝަރުއީ ގޮތުން އަސަރުކޮށް، ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށެވެ.

"އޭނާގެ އަންބަކު ވާ ނަމަ، އެ ކަނބުލޭގެ އިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވީ، ގެއްލުނު މީހާ ވުޖޫދުގައި ނެތް މީހަކަށްވީ، ގާޒީ ގެ މި ހުކުމަށް ފަހު، ދުވަސް ތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ސައްހަ ވާނެ، އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެ ނަމަ އަނބުރައި އޭނާގެ ގާތަށް ދިއުމެއް ނެތް، ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައި ވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަން ވާނީ ގާޒީ،" ޝަހީމްގެ ޕޯސްޓުގައިވެ އެވެ.

މީނިސްޓަރު ވިދާޅުވީ އެހެން ކަމުން ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާ މެދު ގޮތް ނިންމަން ވާނީ ގާޒީ ކަމަށާއި ގާޒީ ގޮތް ނިންމާނީ ގެއްލުނު ހާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަ ފަރާތް ބެލުމަށް ފަހުގައި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ބައެއް އިލްމުވެރިން ބަޔާން ކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާ މެދު ހުކުމެއް ކަނޑައަޅަން ވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށެވެ.

އެކަމަކު، ކަނޑަށް ވެއްޓި ގެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ގާޒީ އަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކެވެޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓުން" ކަނޑަށް ގެއްލުނު އަލީ މުޝްފިގު ޝަރީފު، މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ހުކުރު ނަމާދަށްފަހު، ބިލާލް މިސްކިތުގައި އޮންނާނެ ކަމަށް މުޝްފިގުގެ އުފަން ރަށް ކަމުގައިވާ ލ. މާވަށު ކައުންސިލުން މިއަދު ވަނީ ބުނެފަ އެވެ.

އަލިފާން ރޯވިއިރު، ހޮޅުދޫ ބޯޓުގައި މުޅިއެކު 18 މީހުން ތިއްބެވެ. އޭގެ ތެރެއިން 17 މީހަކު ސަލާމަތްކޮށްފައިވާއިރު، އެ ބޯޓުން ގެއްލިފައި ވަނީ މުޝްފިގް، އެކަންޏެވެ.

މުޝްފިގު، ހޯދަން ކަނޑު މަގުންނާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ވަނީ މިހާތަނަށް ބަލައިފަ އެވެ.

އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދުމަށް ސާފޭސް ސާޗްގެ ގޮތުގައި 92.42 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ. އޭގެ އިތުރުން ކަނޑުމަގުން ޑައިވްކޮށްގެން، 65،100 އަކަމީޓަރު ބަލާފައިވާ ކަމަށާއި އަދި ވައިގެ މަގުން 1545 ސްކޮޔާ މޭލު (4،000 އަކަމީޓަރު) މިހާތަނަށް ބަލާފައިވާ ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy