މޫސުމީ ގޮންޖެހުންތަކުން އަރައިގަންނަން ޑީއެސްއެސްއެސް ފަދަ ފެސިލިޓީތަކުން ކުރިމަގު ފެންނާނެ: ރައީސް

--

ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމު ތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލު ތަކުގެ ގޮންޖެހުން ތަކުން އަރައިގަތުމަށް، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީ ތަކުގެ ސަބަބުން ކުރިމަގު ފެންނާނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް، ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސް ކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައި ރާއީސް ވިދާޅުވީ ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީ އެއްގެ، އަމަލީ މަސައްކަތް ފަށައި ގަތުމުން ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމު ތަކަށް ކުރިމަތިވެފައިވާ މައްސަލަ ތަކަށް ހައްލުތައް ހޯދި، ދެމެހެއްޓެނިވި ތަރައްގީގެ އައު ސަފުހާއެއް ހުޅުވިގެން ދާނޭ ކަމަށެވެ.

އަދި ސިޑްސްގައި ހިމެނޭ ގިނަ ގައުމު ތަކަކީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ، ނުވަތަ ކުރިމަތި ވުމުގެ ބިރު އޮތް ގައުމު ތަކެއް ކަމަށާއި، އޭގެ އިތުރުން، މޫސުމީ ބަދަލު ތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ގައުމު ތަކެއް ކަމުގައި ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން، ދެމެހެއްޓެނިވި، ގޮތެއްގައި ދަރަނި ބެލެހެއްޓޭ ކަން ކަށަވަރު ކުރުމާއި، ވިލުންވެރި ތަރައްގީ ކަށަވަރު ކުރުމަކީ އެ ފަދަ ގައުމު ތަކަށް ހައްސާސް މައްސަލައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ ގޮތުން ލަސްނުކޮށް ޑީއެސްއެސްއެސް ގެ މަސައްކަތް ފަށައި ގަތުމުގެ މުހިންމު ކަމުގެ މައްޗަށް އެ މަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ދަރަނީގެ މައްސަލަތައް ހައްލު ކުރުމަކީ، ސިޑްސްގައި ދެމެހެއްޓެނިވި ތަރައްގީއެއް ހޯދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލު ތަކާއި، ތިމާވެއްޓަށް އަންނަ ބަދަލު ތަކާއި، ވެށި ތަގައްޔަރު ވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުން ތަކުން އަރައި ގަތުމަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ.

އަދި، ދުނިޔެއަށް އަންނަމުންދާ ސިޔާސީ ބަދަލުތަކާއެކު، ގިނަ ފަރާތްތަކާ ގުޅިގެން، ދެމެހެއްޓެނިވި ހައްލު ތަކެއް ހޯދުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އެހެން ކަމުން ރާއްޖެއިން "ޑެޓްރިލީފް ފޯ ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް" އެއް ހުށައެޅުއްވީ، ދަރަނި ލުއިކޮށްދީގެން ވިލުންވެރި ކަމަށް އިންވެސްޓް ކުރާ ގައުމުތަކަށް އިސްކަންދެއްވުމުގެ ގޮތުން ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މި ފަދަ މެކޭނިޒަމެއް ތަންފީޒު ކުރުމުގެ ސަބަބުން، ކޮންމެ ގައުމެއްގެ ނާޒުކު ހާލަތު ވަޒަން ކުރެވި، އެހާލަތުގެ މައްޗަށް ބިނާކޮށް، މަޝްރޫއުތައް ހިންގައި، އޭގެ ސަބަބުން، އެ ފަދަ ގައުމު ތަކުގެ މާލީ ފުދުންތެރިކަން ގާއިމު ވުމަކީ އެ މަނިކުފާނުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ. އަދި މި ފަދަ އިންސްޓްރޫމަންޓެއްގެ އަމާޒަކީ ދަރަނި ލުއިކޮށްދިނުމާއެކު، ވިލުންވެރި ކަމުގެ އަމާޒުތައް ގުޅުވައި، ދެމެހެއްޓެނިވި ތަރައްގީ އަށް އިންވެސްޓް ކުރުމަށް މާލީ ތަނަވަސްކަން ގާއިމުކޮށް ދިނުން ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިން ފޯ ޑިވެލޮޕްމަންޓް (އެފްއެފްޑީ 4) އަކީ، ދުނިޔޭގެ ފެންވަރުގައި ޑީއެސްއެސްއެސް ބަލައިގަތުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

މި މަސައްކަތަށް މިހާރު ވެސް ގިނަ ގައުމު ތަކުން ރުހުން ލިބިފައިވީ ނަމަވެސް، އިނޮވޭޓިވް ޑެޓް މެކޭނިޒަމް ތަކާއި ކޮންސެޝަނަލް ފައިނޭންސްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުމާއި ބައިވެރިވުން މުހިންމު ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމަ އެކަނި ތަފާސް ހިސާބު ތަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ފުރާނަ ހިމާޔަތް ކުރުމާއި، ދިރިއުޅުމުގެ ކަންކަން ހިމާޔަތް ކުރުމާއި، އަޅުގަނޑުމެންގެ މުސްތަގުބަލު ރައްކާތެރި ކުރުމަށް ވެސް ކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަކީ އެކުވެރި ދައުލަތް ތަކުގެ 38 ގައުމާއި، އެކުވެރި ދައުލަތް ތަކުގެ ތެރޭގައި ނުހިމެނޭ ނުވަތަ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ހިމެނޭ 20 ގައުމެއްގެ މައްޗަށް އެކުލެވިފައިވާ ޖަމިއްޔާ އެކެވެ.

ރާއްޖެ އާއި އެންޓީގާ އެންޑް ބާބިއުޑާ އަކީ ސިޑްސްގެ އެސްއޭޖީގެ ކޯޗެއާ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

4 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

59 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy