ރައީސްގެ ޕޯލް: ގިނަ މީހުން ބޭނުންވަނީ 2000އިން ފަށައިގެން ދުންފަތް މަނާކުރަން

ރައީސް ޑރ. މުޙައްމަދު މުއިއްޒު --

ގިނަ މީހުން ބޭނުން ވަނީ 2000 ވަނަ އަހަރުން ފަށައިގެން އުފަންވާ މީހުންނަށް ދުންފަތް މަނާ ކުރަން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރިއަށް ގެންދެވި ހިޔާލު ހޯދުމުގެ ޕޯލުން ދައްކައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓުވިޓާ އާއި އިންސްޓަގްރާމް އަދި ފޭސްބުކްގައި އާއްމުންގެ ހިޔާލަށް ރައީސް މުއިއްޒު ހުޅުވައިލެއްވީ ވޯޓު ދެއްވުމަށް ތިން ގޮތެއް ހިމެނުއްވުމަށްފަހު އެވެ.

އެއީ، ޖެނުއަރީ 2007 އިން ފަށައިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަން ވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތް ތަނުގައި ސިނގިރޭޓާއި ދުންފަތް މަނާ ކުރުން

ޖެނުއަރީ 2004 ވަނަ އަހަރުން ފަށައިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން

ޖެނުއަރީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފަށައިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ކުރުން

އެ ޕޯލްގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވިއިރު، އެންމެ ގިނަ މީހުން ބޭނުން ވަނީ 2000 ވަނަ އަހަރުން ފަށައިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާ ކުރުމަށެވެ.

ރައީސް، އެކްސްގައި ކުރިއަށް ގެންދެވި ޕޯލަށް 5،501 މީހުން ވޯޓުލި އެވެ. އޭގެ ތެރެއިން 51.1 ޕަސެންޓު މީހުން ބޭނުން ވަނީ 2000 ވަނަ އަހަރުން ފަށައިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާ ކުރާށެވެ.

އެ ޕޯލަށް ވޯޓުދިން މީހުންގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނަ މީހުން ބޭނުން ވަނީ 2007 ވަނަ އަހަރުން ފަށައިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް އެ ބާވަތްތައް މަނާ ކުރާށެވެ. އެއީ 40.8 ޕަސެންޓު މީހުންނެވެ. ތިން ވަނަ ގޮތް ކަމުގައިވާ 2014 ވަނަ އަހަރުން ފަށައިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާ ކުރަން ފެންނަ ކަމަށް ވޯޓު ދިނީ 8.2 ޕަސެންޓު މީހުންނެވެ.

ފޭސްބުކްގައި އެ މަނިކުފާނު ކުރިއަށް ގެންދެވި ޕޯލްގެ ނަތީޖާއަށް ބަލާއިރު، ވޯޓުލީ މީހުންގެ 72 ޕަސެންޓު މީހުން ބޭނުން ވަނީ 2000 ވަނަ އަހަރުން ފަށައިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާ ކުރާށެވެ.

އެ ޕޯލުން ވެސް ދެ ވަނަ ލިބުނީ 2007 ވަނަ އަހަރުން ފަށައިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާ ކުރަން ފެނޭތޯ ހުޅުވާލި އޮޕްޝަނަށެވެ. އެ ޕޯލަށް ވޯޓްދިން ހަތަރު ޕަސެންޓު މީހުން ތާއީދު ކުރީ 2004 ވަނަ އަހަރުން ފަށައިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާ ކުރާށެވެ.

އިންސްޓަގްރާމްގެ ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން 45 ޕަސެންޓު މީހުން ބޭނުން ވަނީ 2000 ވަނަ އަހަރުން ފަށައިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާ ކުރާށެވެ. އެ ޕޯލަށް ވޯޓް ދިން 43 ޕަސެންޓު މީހުން ބޭނުންވީ 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާ ކުރުމަށެވެ.

ދެހާސް ހަތަރު ވަނަ އަހަރުން ފަށައިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާ ކުރަން ބޭނުން ވަނީ އެ ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން 13 ޕަސެންޓު މީހުންނެވެ.

ދުންފަތުގެ ބާވަތްތައް ކޮންޓްރޯލް ކުރުމުގައި ޖެނެރޭޝަން ބޭން އެއް ގެނައުމާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް، ކެބިނެޓަށް ހުށަހަޅުއްވައިދެއްވުމަށް ރައީސް މުއިއްޒު ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމަށް އަންގަވާފަ އެވެ.

އެ ކަރުދާސް އެކުލަވާލެއްވުމަށް ކުރާން ޖެހޭ މަސައްކަތްތައް ނާޒިމް ގެންދަވަނީ ކުރައްވަމުންނެވެ. އެ ގޮތުން އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން މިއަދު ވަނީ ޑަބްލިއުއެޗްއޯ އާއި ޔުނިސެފާއެކު މަޝްވަރާ ކޮށްފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy