ގައިދީންތަކެއް މާލޭގައި މަސައްކަތް ކުރަނީ -- ފޮޓޯ/ މިހާރު
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ގައިދީންނާއި ބަންދު މީހުންގެ އާއިލާ ތަކުގެ ތެރެއިން މާލީ ގޮތުން ދަތި ހާލުގައި ދިރިއުޅެމުން އަންނަ އާއިލާ ތަކަކަށް ފައިސާގެ އެހީ ދީފި އެވެ.
އެމްސީއެސް އިން ބުނީ މި އަހަރުގެ ރޯދަ މަހާ ގުޅުވައިގެން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފައިސާ އެއްކޮށް، އެ ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ އާއިލާ ތަކުގެ ތެރެއިން މާލީ ގޮތުން ދަތި ހާލުގައި ދިރިއުޅޭ 10 އާއިލާ އަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ގޮތުން އޭގެން ކޮންމެ އާއިލާ އަކަށް 2،220ރ. ގެ މަގުން އެހީ ދީފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ކަރެކްޝަނުން ބުނީ ރަމަޟާން މަހުގެ ހާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންގެ އާއިލާ ތަކުގެ ތެރެއިން މާލީ ގޮތުން ފުދުންތެރިކަން ދަތި އާއިލާ ތަކަށް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ރަމަޟާން މަހުގެ ހާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ ދަށުން 40 އާއިލާ އަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވީ ނަމަވެސް އެ ޕްރޮގްރާމަށް އެދި ފޯމް ހުށަހަޅާފައި ވަނީ ޖުމުލަ 21 ފަރާތުން ކަމަށް އެމްސީއެސް އިން ބުނެ އެވެ.
އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވެފައި ވަނީ ޖުމުލަ 10 އާއިލާ އެވެ.
މިކަމަށް ކަނޑައަޅާފައިވާ ޝަރުތު ތަކުގެ ތެރޭގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާތާ މަދުވެގެން ފަސް އަހަރު ހޭދަ ކޮށްފައި ވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި އާމްދަނީ ލިބޭ މިންވަރު ހިމެނެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް