އައްޑޫ ލިންކް ރޯޑް ތަރައްގީ ކުރަން އާރުޑީސީއާ ހަވާލުކޮށްފި

އައްޑޫ ލިންކު ރޯޑް ތަރައްގީ ކުރަން އާރުޑީސީއާ ހަވާލުކުރުން --

އައްޑޫ ސިޓީގެ ލިންކް ރޯޑް، މަގު ތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލު ކޮށްފި އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނީ މި މަޝްރޫއުގެ ދަށުން އައްޑޫ ލިންކް ރޯޑާއި އެހެނިހެން މަގުތައް ތަރައްގީ ކުރުމުގެ އިތުރުން، ފެން ހިންދާ ނިޒާމު ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ލިންކް ރޯޑުގެ މަސައްކަތުގެ ދަށުން ޖުމުލަ 12.3 ކިލޯ މީޓަރުގެ ސަރަހައްދެއް ހަދާނެ ކަމަށާއި މީގެ ތެރޭގައި 67.58 ކިލޯ މީޓަރުގެ ސީޓީބީ އަޅާފައިވާ މަގު ތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލު ކޮށްފައި ވަނީ 3 އަހަރާއި 11 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. މަޝްރޫއުގެ ޖުމުލަ އަގަކީ 829 މިލިޔަން ރުފިޔާ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

8 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy