ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބު
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް އެ މަޝްރޫއިން އުނި ކުރީ ހުސް ކުރަން ޖެހޭ އިމާރާތެއް ހުސް ނުކުރެވުމުން، މަސައްކަތް ލަސްވެ، ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެތީ ކަމަށާއި ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ފަހުން ކުރިއަށް ގެންދާނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މި މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން ހުރަސް ނާޅަން ގޮވާލާ ބަޔާނެއް ވެސް ނެރެފަ އެވެ.
މިނިސްޓަރު މުއްތަލިބު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެ ގޮތަށް ނިންމީ އެ މަގު ހަދަން ޖެހޭ ސަރަހައްދުގައި ހުރި އިމާރާތެއް ހުސް ނުކުރެވި އެ ބިން ކޮންޓްކްޓަރާއި ހަވާލު ނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަން ޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީ ގޮތުން ގެއްލުން ވެދާނެތީ ކަމަށެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މި އިމާރާތަކީ އަދި އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ކޮންޕެނީގެ މިލްކެކެވެ. އެހެން ނަމަވެސް ދެ އަހަރެއްހާ ދުވަހު މަސައްކަތް ކޮށްގެން ވެސް އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސް ކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.
މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަ ކަން ފާހަގަ ކުރައްމުން މުއްތަލިބު ވިދާޅުވީ އުއްމީދަކީ ހުރިހާ ފަރާތް ތަކެއްގެ އެއްބާރުލުމާއެކު އެ އިމާރާތް ހުސް ކުރެވި، ކޮންޓްރެކްޓަރާ ވީހާ ވެސް އަވަހަކަށް ހަވާލު ކުރެވޭ ގޮތްވުން ކަމަށެވެ.
"މިމަހު 17 ގެ ކުރިން މިކަމަށް ހައްލެއް ލިބިއްޖެ ނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ، އަދި ބިން ހުސްނުކުރެވި މި ޕްރޮޖެކްޓް އިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެ ނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ،" މުއްތަލިބު ވިދާޅުވި އެވެ.
ގަން އެއާޕޯޓާއި އަދި އެއާޕޯޓާ ގުޅިފައިވާ މަގުތައް ހަދަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރަނާޓާސް ކުންފުންޏާ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް