ފޮރިން މިނިސްޓަރު ހަލީލް މޯލްޓާއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް --

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް، ރަސްމީ ދަތުރުފުޅެއްގައި މޯލްޓާއަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އާއި ފޮރިންޓަރު، އިއަން ބޯގްއާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެ ބައްދަލު ކުރެއްވުމުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅުގައި އެ ގައުމުގެ ކެބިނެޓުގެ އިތުރު ބައެއް ވަޒީރުންނާ ބައްދަލު ކުރައްވާ މަޝްވަރާތައް ބޭއްވުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ދެ ގައުމުން ގުޅިގެން ކުރެވިދާނެ ކަންކަން ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ އޭގެ ތެރޭގައި، ތިމާވެށި ރައްކާތެރި ކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން އިޔާދަކުރަނިވި ހަކަތަ އާއި އަދި ފަތުރުވެރި ކަމާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ހިމެނޭ ކަމަށެވެ.

ހަލީލްގެ މި ދަތުރުފުޅުގައި އަރިހުގައި ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު އާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު މޯލްޓާއަށް ވަޑައިގެންނެވި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy