ރާއްޖޭގެ 18 ރަށެއްގެ ސުކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތަށް ނިންމަން ހަވާލުކޮށްފި

--

ރާއްޖޭގެ 18 ރަށެއްގެ ސުކޫލް ތަކުގެ ނުނިމިހުރި މަސައްކަތްތަށް ކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ޖުމުލަ 114.9 މިލިއަން ރުފިޔާއަށް މި މަޝްރޫއުތައް ހަވާލު ކުރީ އެމްޓީސީސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރުޑީސީ އާ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއު ތަކަކީ ސަރުކާރުން ދޭން ޖެހޭ ފައިސާ ދައްކައި، އެ މަޝްރޫއުތައް ފެށުމަށް އެކި ތާރީހުތައް ބައެއް ކުންފުނި ތަކަށް ދިނުމަށް ފަހު ވެސް އެ މަސައްކަތްތައް ފަށާފައިނުވާ މަޝްރޫއު ތަކެކެވެ.

މި 18 މަޝްރޫއު ތަކުގެ ތެރެއިން 15 މަޝްރޫއެއް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ.

އެމްޓީސީސީ އާ ހަވާލު ކުރީ ހއ. މޮޅަދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނޭކުރެންދޫ،ށ. ބިލެތްފަހި، ރ. އިންނަމާދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި، ތ. ގާދިއްފުށި، ގދ. ވާދޫ، ހއ. މާރަންދޫ، ކ. ގުޅި، ތ. މަޑިފުށި، ހދ. ނައިވާދޫ، ލ. މާވަށް އަދި އއ. މާޅޮހުގައި ކުރިއަށްދާ މަޝްރޫއުތަކެވެ.

އާރުޑީސީ އާއި ހަވާލު ކޮށްފައި ވަނީ ދެ މަޝްރޫއެވެ. އެއީ އއ. މާޅޮސް އަދި އދ. ފެންފުށި އެވެ. އަދި މ. ވޭވަށު ސުކޫލުގެ ނުނިމި ހުރި މަސައްކަތް ހަވާލު ކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ އެވެ.

މި މަސައްކަތްތަށް ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު (ރިޓަޔާޑް) ޑީސީޕީ އަހުމަދު ސައުދީ އެވެ.

އާރުޑީސީ ގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރް ސޮއެ ކުރެއްވިއިރު، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓް ގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔާޑް) މުޙައްމަދު ނަޖާހު އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

35 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy