އެމްއެންޑީއެފަށް 30 އަހަރު ހިދުމަތް ކުރެއްވި ސްޓާފް ސާޖަންޓް އަލީ ނަޝީދު ނިޔާވެއްޖެ

މަރުހޫމް އަލީ ނަޝީދު --

އެމްއެންޑީއެފަށް 30 އަހަރަށް ވުރެ، ގިނަ ދުވަހު ހިދުމަތް ކުރެއްވި ސްޓާފް ސާޖަންޓް އަލީ ނަޝީދު ނިޔާވެއްޖެ އެވެ.

ސިފައިންގެ ކޯސްޓްގާޑްގެ ސްޓާފް ސާޖަންޓް އަލީ ނަޝީދު، 48، ނިޔާވީ ސިނކުޑީގައި ޓިއުމަރެއް އުފެދި، ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އައިޖީއެމް ހޮސްޕިޓަލްގައި ރޭގެ ވަގުތެއްގަ އެވެ.

އަލީ ނަޝީދު ނިޔާވި އިރު، ސިފައިންގެ ހިދުމަތުގައި 30 އަހަރާއި، 8 މަހާއި، 19 ދުވަސް ވަނީ ހޭދަ ކުރައްވާފަ އެވެ. އަލީ ނިޔާވި އިރު، ކެންސަރު ބައްޔަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަމުން ގެންދާތާ މިހާރު ތިން އަހަރު ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އަލީ ނަޝީދަކީ ކޯސްޓްގާޑުގެ މާލިމީންނާއި ނެވީންގެ އިރުޝާދާއެކު އެ ހިދުމަތުގައި ކުރިއަށް ދިޔަ ޒުވާނެއް ކަމަށެވެ.

އަލީ ނަޝީދު ނިޔާވި އިރު، އަނބިކަނބަލަކާއި ތިން ދަރިން ދުނިޔޭގައި އެ ބަތިއްބެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

57 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy