ރައީސް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުން --
މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން ހިދުމަތް ދޭ ގަޑި ތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
އެ ގޮތުން މާދަމާއިން ފަށައިގެން އެމްބީއެސް ހުޅުވާފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށެވެ.
އެމްބީއެސް އިން ހާމަކޮށްފައިވާ ގޮތުގައި އެޗް ބީ ބެލުމަށް ސާމްޕަލް ނެގުން ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު 08:00 އިން 20:00 އަށް ކުރިއަށް ދާނެ އެވެ. އަދި ކްރޮސްމެޗު ހެދުމަށް ސާމްޕަލް ނެގުމުގެ ހިދުމަތް ހޮނިހިރު ދުވަހާއި ބުދަ ދުވަހާ ދެމެދު 08:00 އިން 20:00 އަށް އަދި ބުރާސްފަތި ދުވަހު 08:00 އިން 17:45 އަށް ލިބޭނެ އެވެ.
މީގެ އިތުރުން ތެލަސީމިއާ ސްކްރީނިންގެ ހިދުމަތް ލިބޭނީ 08:30 އިން 13:00 އަށް ކަމަށާއި، ތެލަސީމިއާ ކާޑު ދޫކުރާނީ 08:00 އިން 14:00 އަށް ކަމަށް އެމްބީއެސް އިން ބުނެ އެވެ.
އަދި ޑޯނަރުން ގައިން ލޭ ނެގުން ކުރިއަށް ދާނީ 08:00 އިން 19:45 އަށް ކަމަށާއި، ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ 08:00 އިން 19:30 އަށް ކަމަށް ވެސް އެ ސާވިސް އިން ބުންޏެވެ.
އެމްބީއެސް އިން ބުނީ ލޭ ގުޅައިދިނުން (1 ޔުނިޓް) ގެ ހިދުމަތް 08:00 އިން 16:30 އަށް ލޭ ގުޅައިދިނުން (2 ޔުނިޓު) ގެ ހިދުމަތް 08:00 އިން 14:30 އަށް ހުރިހާ އުމުރު ފުރާ އަކަށް ވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެ ހިދުމަތުން ބުނީ ޑޮކްޓަރުން ބައްލަވާނީ 08:00 އިން 20:30 އަށް ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް