ރައީސް، ފުޓުބޯލް ފޯ ޕީސްގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި

ރައީސް ފުޓުބޯލް ފޯ ޕީސްގެ އިސް ވެރިންނާ ބަދައްލުކުރެއްވުން --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުޓްބޯލް ފޯ ޕީސްގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައިފި އެވެ.

ފުޓްބޯލް ފޯ ޕީސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ވިދާޅުވީ އެ ޖަމިއްޔާގެ ކޯފައުންޑާ، ކާޝިފް ސިއްދީގީ އާއި، ބްރެޑްފާޑް ސިޓީ އޮފް ކަލްޗާ 2025ގެ ސީއީއޯ، ޝާހްނާޒް ގުލްޒާރެވެ.

މި ބައްދަލު ކުރެއްވުމުގައި، ޔުނިވާސިޓީ ޕީސް ސެންޓާގައި ފުޓްބޯލް ފޯ ޕީސްއިން ހިންގާ ޕްރޮގްރާމް ތަކުގެ މައުލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފަ އެވެ.

މީގެއިތުރުން އެ މަނިކުފާނު ވަނީ އެ ސެންޓަރުގެ ފުޓުބޯޅަ ދަނޑުތައް ބައްލަވާލައްވައި، އެ ވަގުތު ފަރިތަ ކުރުން ތަކުގައި ބައިވެރިވަމުން ދިޔަ ޒުވާނުންނާ ބައްދަލު ކޮށްލައްވާފަ އެވެ.

2013 ވަނަ އަހަރު އުފެދުނު ފުޓްބޯލް ފޯ ޕީސްއަކީ، ފުޓުބޯޅައިގެ ޒަރިއްޔާއިން އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށް ޒުވާނުން ބާރުވެރި ކުރުވުމަށް އދ. ގެ އޮފީސް ފޯ ސްޕޯރޓްސް ފޯ ޑިވަލޮޕްމަންޓް އެންޑް ޕީސްގެ އެހީތެރި ކަމާއެކު ހިންގާ، ބައިނަލްއަގުވާމީ އެންޖީއޯއެ ކެވެ. ފުޓްބޯލް ފޯ ޕީސް އަކީ ސުލްހަ ކުރިއެރުވުމާއި، ޝާމިލު އިޖުތިމާއީ ވެއްޓަކަށް ތާއީދު ކުރާ، ސްޕޯޓްސް ޑިޕްލޮމެސީ އާއި ދޭސީ ޕްރޮގްރާމް ތަކުގެ ތެރެއިން އެކި ފަންތީގެ މީހުން ގުޅިގެން މަސައްކަތް ކުރުމަށް އެހީތެރިވެދޭ ޖަމިއްޔާއެކެވެ.

އަޅާނުލެވި، އެކަހެރިވެފައިވާ ޒުވާން މުޖުތަމައުތައް ބާރުވެރިކުރުވައި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްކޮށްދިނުމާއި، ކޮންފްލިކްޓް ރިޒޮލިއުޝަން ނުވަތަ ދިމާވާ މައްސަލަ ތަކަށް ސުލްހަވެރި ގޮތެއްގައި ހައްލު ހޯދޭނެ އުކުޅުތައް މި ހަރަކާތުގެ ދަށުން ދަސްކޮށްދެއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ޗެރިޓީ މެޗު ތަކާއި ތަމްރީނު ޕްރޮގްރާމް ތަކުގެ ސަބަބުން ކުޑަކުދިންނާއި ކޯޗުންނާއި ޓީމް މެނޭޖަރުންނަށް ބޭނުންވާ ހުނަރުތައް ލިބި، މީގެފައިދާ ބައިނަލްއަގުވާމި މުޖުތަމައަށް ވެސް ލިއްބައިދެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy