"ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯން ފަށައިފި

—-

ފަލަސްތީންގެ ރައްޔިތުންނަށް އެހީވާން ރާއްޖޭގައި ފައިސާ އެެއްކުރަން ކުރިއަށް ގެންދަން ނިންމި "ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯން މިއަދު ފަށައިފި އެެވެ.

ޕީއެސްއެމްގައި މި ޓެލެތޯން ފަށަން ހެނދުނު ބޭއްވި ރަސްމިއްތާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަފީތުގެ ދެކަނބަލުންނާއި މިނިސްޓަރުންނާއި ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ބައެއް މަޖިލިސް މެންބަރުން ވެސް ބައިވެރިވަދައިގެންނެވެ.

ޓެެލެތޯނަށް ހާއްސަކޮށްފައިވާ ފަންޑްފޮއްޓަކަށް އެ ބޭފުޅުން ފައިސާ ވެސް ހަދިޔާކުރައްވާފައިވެ އެވެ.

ހެނދުނު 8:00 ގައި ފެށި ޓެލެތޯން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިރޭ ދަންވަރު 12:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ރާއްޖޭގެ ޓީވީ ޗެނެލްތަކުން ޓެލެތޯންގެ ހަރަކާތްތައް ގެނެސްދޭނެ އެވެ.

މި ޓެލެތޯނަކީ މި މަހުގެ 2 ގައި ކެބިނެޓަށް ހުށަހަޅައި ފާސްކޮށްގެން ކުރިއަށް ގެންދަން ނިންމި ޓެލެތޯނެކެޗވެ. އެގޮތުން މިއަށް ލިބޭ ފައިސާ ފަލަސްތީނަށް ފޯރުކޮށް ދޭން ހަމަޖެހިފައި ވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އދ. ގެ ފަލަސްތީންގެ ރެފިއުޖީންނަށް އެހީވާ ޖަމިއްޔާ "އަންރުވާ" އާ ވެސް ގުޅިގެންނެވެ.

"ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯނަށް ފައިސާ ހަދިޔާކުރަން މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ޖުމްލަ 13 ފަންޑްފޮށި ބަހައްޓާފައިވާ އިރު، މި ޓެލެތޯނަށް ހާއްސަ ދެ އެކައުންޓް އެކައުންޓް ނަމްބަރަށް ފައިސާ ވެސް ޓްރާންސްފާ ކުރެވޭނެ އެވެ. އެގޮތުން ފައިސާ ފައިސާ ޖަމާކުރާނީ 7730000655865 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ މި 7730000655866އެކައުންޓަށެވެ.

އެހެންވެ ވީހާ ވެސް ގިނަ ބަޔަކު ފައިސާ ހަދިޔާ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެކެވެ.

ދިވެހިންނަކީ މިހާތަނަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރަމުން އަންނަ ކޮންމެ ކަމެއްގައި ވެސް ނަމޫނާ ދައްކަމުން އަންނަ ބައެއްކަން ފާހަގަކޮށްލެވެ އެވެ.

---

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

18 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy