އެންމެން ގުޅިގެން ގިނަ ހާފިޒުން އުފައްދަން މަސައްކަތް ކުރުމަށް ރައީސް ގޮވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ ސިޔާސަތަކީ، އަދި ވިސްނުމާ އަޒުމަކީ މައިންބަފައިންނާ މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ގިނަ ކުދިންތަކެއް ހާފިޒުންނަށް ހެދުން ކަމަށާއި، އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ހާފިޒުން މި ގައުމުގައި އުފެއްދުމަށް މަސައްކަތް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު، ގޮވާލައްވައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ކުރިއަށްގެންދިޔަ ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކީރިތި ގުރުއާން އުނގަންނައިދިނުމަށް ބާރު އެޅުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ތަކަށް އަލިއަޅުއްވާލައްވާފަ އެވެ. މިގޮތުން ރައީސް ވަނީ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ވަގުފު އިމާރާތެއް އެޅުމަށް މަސައްކަތް ކުރައްވާ ކަން ފާހަގަ ކުރައްވާފަ އެވެ.

އެކަމަށް ޓަކައި ކުރަމުންދާ މަސައްކަތް ތަކުގެ ތަފުސީލު ހާމަ ކުރައްވަމުން ރައީސް ވިދާޅުވީ މި ފަހުދިހައެއްގައި ވެސް އެ ކަމަށް މަސައްކަތް ކުރައްވައި، މިހާރު މާލެއިން އެ އިމާރާތް އެޅުމަށް ބިމެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި މި ފަހުދިހައެއްގެ ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު އެ ކަމާބެހޭ ސިޓީ، އިސްލާމިކް މިނިސްޓްރީއަށް ފޮނުއްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އަދި ކީރިތި ގުރުއާނާ ބެހޭ މި ވަގުފު އިމާރާތް އެޅުމުން ލިބޭނެ ފައިދާ ތަކަށް ވެސް މިރޭގެ ރަސްމިއްޔާތުގައި ރައީސް އަލިއަޅުއްވާލެއްވި އެވެ. މިގޮތުން މި އިމާރާތް އެޅުމުން އެ ކުރެވެނީ ވަރަށް މުހިންމު ހޭދައެއް ކަމުގައި ފާހަގަ ކުރައްވައި، ފިކުރީ އަދި ހުރިހާ މާނައެއްގައި ވެސް މުހިންމު އިންވެސްޓްމަންޓަކަށް މިކަން ވާނެ ކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން ވެސް މިރޮނގުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެ މަނިކުފާނު މި ރަސްމިއްޔާތުގައި ފާހަގަ ކުރެއްވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ހާފިޒަކަށް ވުމަށް އެ ފަރާތް ތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަ ކުރައްވައި މަރުހަބާ ދަންނަވާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

21 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy