ނުހެދި އޮންނަތާ 7 އަހަރު ފަހުން މިލަދޫ ދަނޑު މި ސަރުކާރުން ނިންމައިފި

މިލަދޫ ފުޓްބޯޅަ ދަނޑު --

ނުހެދި އޮންނަތާ ހަތް އަހަރު ފަހުން ނ. މިލަދޫގެ ޒުވާނުންނާއި ކައުންސިލުން އެދުނު ގޮތަށް އެ ރަށުގެ ބޮޑު ފުޓްބޯޅަ ދަނޑު ނިންމާފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުނެފި އެވެ.

މިލަދޫ ފުޓްބޯޅަ ދަނޑަކީ  2017ވަނަ އަހަރު މަސައްކަތް ފެށި ދަނޑެކެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ، އެ މަސައްކަތް ނުނިންމި އޮންނަތާ ހަތް އަހަރު ފަހުން، ދަނޑުގެ މަސައްކަތް ފުރިހަމަ ކޮށްފައި ވަނީ މި ސަރުކާރުންނެވެ.

މިއީ ރަށް ރަށުގައި ކުރިއަށް ނުގޮސް ހުއްޓިފައިހުރި މަޝްރޫއުތައް ފުރިހަމަ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

މިނިސްޓްރީން ބުނީ ރއީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މި ދަނޑުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާފައި ވަނީ އެ ރަށުގެ ކައުންސިލުންނާއި ޒުވާނުން އެދިފައިވާ ގޮތަށް ކަމަށެވެ.

މި ގޮތުން ދަނޑުގެ ސަބް ބޭސް ރަނގަޅުކޮށް ދަނޑުގައި ޓާފު އަޅާފައިވެ އެވެ. މީގެ އިތުރުން ވަށާ ފާރާއި، ފެންސު ވެސް ވަނީ މަރާމާތު ކޮށްފަ އެވެ. އަދި ކުރިން ތިން ފޫޓަށް ރާނާފައިވާ ވަށާ ފާރު މިހާރު ވަނީ ހަ ފޫޓަށް އުސްކޮށްފަ އެވެ. އަދި 9 ފޫޓަށް ހުރި ފެންސް މިހާރު ވަނީ 15 ފޫޓަށް އުސްކޮށްފަ އެވެ.

މިލަދޫ ދަނޑުގެ މަސައްކަތް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާއިރު، އެ ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް ވެސް މި ދައުރުގައި ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.

ނ. މިލަދޫގެ އިތުރުން ސަރުކާރުން ވަނީ ށ. ފުނަދޫގައި ވެސް ފުޓްބޯޅަ ދަނޑެއް އަޅާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

44 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy