އީދު ދުވަހެއްގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އުރީދޫ
މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު ފިތުރު އީދު ދުވަހު މާލޭގައި ބޮޑު ހަވީރެއް ބާއްވަން ނިންމައިފި އެވެ.
"އީދު ހަވީރު 1446" ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދަނީ ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެންނެވެ.
އެ ހަރަކާތުގެ ބޭނުމަކީ ފިތުރު އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ އީދު ސަލާންކޮށް އަދި ހިތްހަމަ ޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ފަހަރުގެ އީދު ހަވީރު ކުރިއަށް ގެންދާނީ ކުޑަކުދިން ގަޔާވާނޭ ވަރަށް ގިނަ ކަންކަން ހިމަނައިގެންނެވެ. އަދި އެކި ފަންނުވެރީންގެ ރީތި ހުށަހެޅުން ތަކުގެ އިތުރުން ކުޅިވަރު ކުޅުމާއި ހާއްސަ އެކި ފަރާތްތަކާ ބައްދަލުވުމުގެ ހަނދާނީ ވަގުތުކޮޅަކާ ވެސް އެކުގަ އެވެ.
އީދު ހަވީރު ކުރިއަށް ދާނީ ފިތުރު އީދު ދުވަހުގެ ހަވީރު 4:00 އިން 6 އަށެވެ.
މި ހަވީރު އޮންނާނީ މާލޭ ސަލްޓަން ޕާކުން ފަށައިގެން އިސްލާމީ މަރުކަޒު މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭހެން އެ ކަމަށް ތައްޔާރު ކޮށްފައިވާ ބޮޑު ސަރަހައްދެއްގަ އެވެ.
އެމްއެންޑީއެފުން ބުނީ އީދު ހަވީރުގައި ބައިވެރިވުމަށް ޒިޔާރަތް ކުރާ އާއިލާ ތަކުން ޖުމުހޫރީ މައިދާނާ ހަމައަށް، އެ ކަމަށް ޓަކައި ތައްޔާރު ކޮށްފައިވާ ސަރަހައްދަށް ވަނުގެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް