ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް
ކޮވިޑްގެ ހާލަތުގައި އޮތް 2020 ވަނަ އަހަރު ބަޖެޓު ޑެފެސިޓް އޮތް ވަރަށް ވުރެ 2023 ވަނަ އަހަރުގެ ބަޖެޓު ޑެފެސިޓް ބޮޑުވާނެ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައި، އޮޑިޓް އޮފީހުން ފާހަގަކޮށްފައި ވަނީ 2020 ވަނަ އަހަރު ބަޖެޓު ޑެފެސިޓް އޮތް ވަރަށް ވުރެ 2023 ވަނަ އަހަރުގެ ބަޖެޓު ޑެފެސިޓް ބޮޑުވާނެ ލަފާކޮށްފައިވާއިރު އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވި އަހަރުތަކުގެ ފިސްކަލް ބެލެންސް އެނަލިސިސް އިން ދައްކާ ގޮތުގައި 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރި އަސަރުތަކާއެކު މުޅި ބަޖެޓް ޑެފިސިޓް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އިގްތިސާދު ރަނގަޅުވި ނަމަވެސް ބަޖެޓް ޑެފިސިޓް އަދިވެސް އޮތީ ކޮވިޑްގެ ކުރިން ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އަށް ވުރެ މައްޗަށް ގޮސްފައި ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުގެ ހަރަދު ބޮޑުވެފައިވާއިރު ލިބުނު އާމްދަނީއަށް ވުރެން ކުރި ޚަރަދުތައް ބޮޑު ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
ފާއިތުވި އަހަރުތަކުގައި (2020 ވަނަ އަހަރު ފިޔަވައި) ބަޖެޓް ފާސްކޮށްފައިވާ މިންގަނޑުތަކުގެ ތެރޭގައި ޚަރަދުތައް ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހި، ބަޖެޓް ސަޕްލިމެންޓަށް ބަރޯސާވެފައެވެ. އެ މުއްދަތުގެ ތެރޭގައި، ސަރުކާރުގެ އެންމެ ފަހުން ޝާއިޢުކުރެވުނު މެދުރާސްތާ ފިސްކަލް ސްޓްރެޓެޖީސްގެ ދަށުން ކަނޑައަޅުއްވާފައިވާ ބަޖެޓް ލިމިޓްތަކަށްވުރެ، ޖުމްލަ ބަޖެޓް (ސަޕްލިމެންޓާއެކު ބަޖެޓް) ފަހަނައަޅައި ގޮސްފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ހޭދަ ކުރުމަކީ އާއްމު ކަމެކެވެ. އެކަމަކު މިވަރަށް ލިބޭ އެއްޗަކާ ހަރަދު އަޅާ ކިޔާއިރު ފަރަގު މަތިވެފައި ވަނީ މަދު ފަހަރެއްގަ އެވެ. އެހެންނަމަވެސް މިދިޔަ ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެގެން ދިޔައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް