ޒަރީރު
އއ.މަތިވެރި ދާއިރާ މިހާރުވެސް ތަމްޞީލް ކުރައްވަމުން ގެންދަވާ ޙަސަން ޒަރީރަކީ އެ ދާއިރާގެ އެންމެ ބޮޑު ޚިދުމަތްތެރިޔާއެވެ. މިއީ މުޅި ދާއިރާއަށް މިކަން ބަލައިގަންނަ ގޮތެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި، މަޖިލީހުގެ ބޭރުންވެސް ދާއިރާގެ ކަންކަމުގައި ވަކާލާތުކޮށް، މުޅި ރާއްޖެއިންވެސް އެންމެ ތަރައްޤީވެފައިވާ ދާއިރާގެ ގޮތުގައި މަތިވެރި ދާއިރާ އޮތް އޮތުމުގެ އެންމެ ބޮޑު މޭސްތިރިއަކީ މެމްބަރު ޒަރީރެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި އެ ދާއިރާއަށް ކެނޑިޑޭޓަކު ވާދަ ކުރިކަމުގައި ވީ ނަމަވެސް މުޅި ސަރުކާރުގެ ފުރިހަމަ ތާޢީދު އޮތީ ޒަރީރަށެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މި ސަރުކާރު ދެމެހެއްޓުމަށް ޒަރީރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މާޒީގައި ޒަރީރު ކޮށްފަައިވާ ސިޔާސީ އެކި އެކި މަސައްކަތްތަކުގެ ތެރެއިން އުފައްދާފައިވާ އިތުބާރަކީ މިކަމުގެ ނަތީޖާއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު އެދިލައްވަނީ އެ ދާއިރާގެ ގޮނޑިއަށް ޒަރީރު އިންތިހާބުކޮށްދެއްވުމެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރުގެ ގޮތުގައި މިހާރުވެސް ހުންނެވީ މެމްބަރު ޙަސަން ޒަރީރެވެ. ޒަރީރަކީ ދާއިރާގެ ރައްޔިތުންގެ ވިސްނުމާއި ފިކުރާއި އެއްގޮތަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމާމެދު ދާއިރާގެ އެއްވެސް މީހެއްގެ ހިތުގައި އެއްވެސް މިންވަރެއްގެ ޝައްކެއް ނުހިނގައެވެ.
ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ޒަރީރު ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރ މަސް ތެރޭގައެވެ. މި ސަރުކާރު ދަމަހެއްޓުމަށް ޒަރީރު ކުރެއްވާ މަސައްކަތް ގިނައެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ފުރިހަމަ އިތުބާރު ޒަރީރު ހޯއްދަވާފައިވާއިރު، މިއީ މި އިންތިހާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ޔަޤީންކަމެވެ.
ދާއިރާގައި ހިމެނޭ ރަށްތަކަށް ތަރައްޤީ ގެނައުމުގައި ޒަރީރު ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެ ދާއިރާގައި ހިމެނޭ ރަށްތަކުގެ ތެރެއިން ކުޑަ ރަށެއް ބޮޑުރަށެއް ބެލުމެއް ނެތި ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ކަންކަން ބަލައި އަސާސީ ހުރިހާ ޚިދުމަތްތަކެއް ވަނީ ފުރިހަމަކޮށްދެއްވާފައެވެ.
ލާމަރުކަޒީ ނިޒާމުން އިދާރީ ހިންގުމަށް ބަދަލު ގެނެވިފައިވީނަމަވެސް ޒަރީރު ޤަބޫލުކުރައްވާ ގޮތުގައި އެކަން ތަންފީޒުވުމުގައި ދާއިރާތަކުގެ ކުރިމަތީގައި އަދިވެސް ބައެއް ހުރަސްތައް އެބަހުއްޓެވެ. ދާއިރާތައް ތަރައްޤީވެ ކުރިއަށްދިޔުމަށްޓަކައި ޤާނޫނުތައް އިޞްލާޙުކޮށް، އައު ޤާނޫނުތައް އުފަންކޮށްގެން މެނުވީ ދާއިރާގެ ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ނުގެނެވޭނެކަމަށް ޒަރީރު ވިދާޅުވެއެވެ. އެގޮތުން މަތިވެރި ދާއިރާއަށް ބޭނުންޖެހިފައިހުރި ކަންކަމަށް ވަކާލާތުކޮށް ޤާނޫނުގެ ތެރެއިން ކަންކަން މަގުފަހިކުރެވޭނީ މަޖިލީހުގެ ތެރެއިން ކަމާއި އެކަން މިއަދާ ހަމައަށް އައިއިރު ސާބިތުކަމާއެކު ކުރައްވާފައިވަނީ ޒަރީރެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް