އެއާޕޯޓުން ވަގަށް ސިނގިރޭޓު އެތެރެ ކުރަން އުޅުނު މީހުންގެ ވަނަވަރު އާންމުކޮށްފި

--

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ހޯލުން ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެއަށް އެތެރެ ކުރާން އުޅުނު މީހުންގެ ވަނަވަރު އާންމު ކޮށްފި އެވެ.

މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ތަކެތި އެއާޕޯޓުން ބޭރު ކުރާން އުޅުނީ ފުލުހެކެވެ.

މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ މި މަހުގެ 25 ވަނަ ދުވަހުގެ 6:20ހާއިރު ވީއައިއޭގެ ޑިޕާޗާ ހޯލުން ހުއްދަ ނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެއަށް އެތެރެ ކުރާން މަސައްކަތް ކޮށްފައިވާ މައްސަލައެއް ކަސްޓަމްސުން އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދެމީހަކު ރޭ ހައްޔަރު ކުރި އެވެ.

ފުލުހުން ބުނީ ރޭ ހައްޔަރު ކުރި ދެ މީހުން މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށެވެ.

ސިނގިރޭޓު އެތެރެ ކުރާން އުޅުނު މައްސަލައިގައި ހައްޔަރު ކުރީ މ. ސިލްވާ ނެސްޓު، މާލެ، އަހުމަދު އަފްސަން، 45، އާއި ދަފުތަރު ނަންބަރު، 14358، މާލެ، ޔޫސުފު ނަޒީރު، 38، އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

8 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy