އޯޓިސްޓިކް ކުދީންނަށް ފުރައްސާރަ ކުރި ޕްރޮގްރާމްގެ ސްކްރީން ޝޮޓެއް --
ޓީވީ ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދީންނަށް ނިކަމެތިކަން ލިބޭ މޭރުމަކުން ވާހަކަ ދައްކާ، އެ ފަދަ ކުދީންނަށް ފުރައްސާ ކުރި މައްސަލަ ބަލައި ގާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން މިހެން ބުނެފައި މިވަނީ ރާއްޖެ ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މަލާމާތް ކުރާނަމޭ ހިތާ، އޯޓިސްޓިކް ކުދިންނާއި ޑައުން ސިންޑްރޯމް ހުންނަ ކުދީންނަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައި ވަނިކޮށެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ ފަޔާޒް) އާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.
މި ވާހަކަތަކާ ގުޅުވައިގެން ބްރޯޑްކޮމް އިން ނެރުނު ސާކިއުލާއެއްގައި ބުނީ ގާނޫނު އަސާސީގެ 35 ވަނަ މާއްދާގައި ބުނާ "ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސާ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަން" އަދި ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސް އާ ގައިޑްލައިން ތަކާ ހިލާފު ކޮންޓެންޓު ބްރޯޑްކާސްޓް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ބްރޯޑްކޮށް އިން ބުނީ އެހެންކަމުން އެ ފަދަ ކޮންޓެންޓު ތަހުގީގުކޮށް، އެ ކަން ރަނގަޅު ކުރާން ޖެހޭ ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ އިހުތިސާސް ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން ކޮމިޝަންގެ ސަމާލު ކަމަށް އަންނަ އަދި ހުށަހަޅައި މި ފަދަ ކޮންޓެންޓު ބަލައި ގާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ބްރޯޑްކޮށް އިން ވަނީ ގާނޫނު އަސާސީ އާއި ރާއްޖޭގެ އަމަލު ކުރަމުން ދާ އެންމެހައި، ގާނޫނު ތަކަށް އިހުތިރާމުކޮށް، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކޮށްފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް