ވެލިދޫ ސިއްހީ މަރުކަޒު --
ނ. ވެލިދޫގައި ޑައިލަސިސް ގެ ހިދުމަތް އަންނަ މަހު ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ޑައިލަސިސް ގެ ހިދުމަތް ދެން އެންމެ އަވަހަށް ފަށާނެ އެއް ރަށަކީ ވެލިދޫ ކަމަށެވެ.
"ޑައިލަސިސްގެ ހިދުމަތް ހޯދަން ޖެހޭ މީހުން ގިނަ ރަށްރަށަށް ބަލައިގެން، މި ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރެވިގެންއެބަދޭ، އެގޮތުން ހއ. އިހަވަންދޫގައި ވަރަށް ފަހުން މި ހިދުމަތް ފަށައިފިން، ނ. އަތޮޅުގައި ޑައިލަސިސްގެ އެނދު އިތުރު ކޮށްފިން، ގއ. ވިލިނގިލީގައި ވެސް މިހާރު ޑައިލަސިސްގެ ހިދުމަތް ދެވެމުންދާނެ، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް މަސް ދުވަސް ތެރޭގައި ނ. ވެލިދޫގައި ވެސް މި ހިދުމަތް ފެށިގެންދާނެ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
ކިޑްނީގެ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ ނިސްބަތުން ބޮޑު އިންސައްތައެއް ޑައިލަސިސްގެ ހިދުމަތް ގަވާއިދުން ހޯދަން ޖެހެ އެވެ. ރަށުން މި ހިދުމަތް ނުލިބޭ ނަމަ އެންމެ ކައިރި ރަށަކަށް ގޮސްގެން މި ފަރުވާ ހޯދަން ރައްޔިތުން ކުރާ ހޭދަ ކުޑަ ކުރުމަކީ ސަރުކާރުގެ އަމާޒެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް