ލީޖަން ޓްރެވެލްސްގެ ލޯންޗެއް
ށ.މިލަންދޫ ކައުންސިލް ކަޕްގައި ވާދަކުރާ ލިންކް ސްޕޯޓްސްގެ ކޯ ސްޕޮންސަރަކަށް ލީޖަލް ޓްރެވެލްސް ހަމަޖައްސައިފިއެވެ.
މި މަހުގެ 31 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަ ކުރައެވެ. ލީގު އުޞޫލުން ކުރިއަށްދާ މި މުބާރާތުގައި ވާދަ ކުރާ އެކި ޓީމު ތަކުގައި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ހިމެނެއެވެ.
ރާއްޖޭގެ ފުޓްސަލް ކިންގް، އަޙްމަދު އަޔާޒްއާއި ލ.ގަމަށް ނިސްބަތްވާ ޙުސައިން ޝަރީފް، އޮންލީ މި ފަހަރުގެ މުބާރާތުގައި ފެންނާނީ ލިންކް ސްޕޯޓްސް އިންނެވެ.
މީގެ އިތުރުންވެސް ފުޓްސަލްގެ ގިނަ ތަރިން މި މުބާރާތުގައި ފެންނާނެއެވެ.
ލީޖަން ޓްރެވެލްސްގެ ޚިދުމަތް ށ.އަތޮޅުގެ ބައެއް ރަށްތަކަށް ދެމުން އަންނައިރު، މިލަންދޫ ރައްޔިތުން ފާހަގަ ކުރާ ގޮތުގައި މި ޚިދުމަތާއެކު ގިނަ ފަސޭހަތަކަކާއި ލުއިތަކެއް ލިބިގެން ހިނގައްޖެއެވެ.
ނ އާއި ށ އަތޮޅަށް ލީޖަން ޓްރެވެލްސްގެ ދަތުރުތައް ފެށުމުގެ ކުރިންވެސް އެ ދެ އަތޮޅަށްވެސް މާލެއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ދެމުން ދިޔައެވެ. ށ އަތޮޅުން މާލެ އަންނަ ކޮންމެ މީހަކު އަދި މާލެއިން ށ އަތޮޅަށް ދަތުރުކުރާ ކޮންމެ މީހަކު ކޮޅަކަށް 1000 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. ނޫނު އަތޮޅުން މާލެއަށް 900 ރުފިޔާގެ ފީއެއް ނަގައެވެ. އެކި ފަހަރުމަތިން ތެލުގެ އަގަށް އައި ހެޔޮ ބަދަލާއެކުވެސް ޓިކެޓްތަކުގެ އަގު ހެވެއް ނުވިއެވެ.
ރައްޔިތުންގެ ޖީބަށް ލުއި ހޯދައިދިނުމާއި ކަނޑުދަތުރުފަތުރުގެ މި ނިޒާމަށް ބޮޑު ބަދަލެއް ގެނައުމުގެ ހެޔޮ ނިޔަތުގައި ލީޖަން ޓްރެވެލްސް އިން މި ދެ އަތޮޅަށް ޚިދުމަތްދޭން ފެށީވެސް މި އަގުތައް ބޮޑުތަނުން ހެޔޮކޮށްފައެވެ. އެގޮތުން ށ އަދި ނ އަތޮޅުން މާލެ އަންނަން ބޭނުން މީހަކަށް، އަދި މާލެއިން ރަށަށްދާ ކޮންމެ މީހަކަށްވެސް ކޮޅަކަށް 750 ރުފިޔާގެ ފީއަކާއެކު މިހާރު ދަތުރު ކުރެވޭނެއެވެ. ސްޕީޑް ބާރެވެ. ވެންޓިލޭޝަން ރަނގަޅެވެ. އަދި ހިތްހަމަޖެހިލައިގެން އަރާމު ދަތުރެއް ކުރެވޭކަމުގެ އިޙްސާސް މިއަދު އެންމެންވެސް ކުރެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް