ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހު --
އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ލުއިފަސޭހަ ހިދުމަތް ތަކެއް ފޯރުކޮށްދިނުން ކަމަށް ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހް ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަނަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ފަސީހު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާޗު 24 ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނަށް 75 އަހަރު ފުރި އަލިމަސް ޔޫބީލް ފާހަގަ ކުރަމުންދާ އިރު، އިމިގްރޭޝަނަށް ހިދުމަތް ކޮށްދެއްވި އަދި މިހާރު ވެސް ހީވާގި ކަމާ އެކު ހިދުމަތް ކޮށްދެއްވަމުން އަންނަ އެންމެހައި މުވައްޒަފުންނަށް ޝުކުރާއި ތަހުނިޔާ ދަންނަވާ ކަމަށެވެ.
ފަސީހު ވިދާޅުވީ އިމިގްރޭޝަންގެ 75 އަހަރުގެ ދިގު ތާރީހުގައި، ގައުމުގެ ދޮރާށިތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައްޔާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރާ ދިވެހީންނާއި ރާއްޖޭގައި މަސައްކަތް ކުރާ އުޅޭ ބިދޭސީންނަށް ބޭނުންވާ ގިނަ ހިދުމަތް ތަކެއް ޒަމާނުއްސުރެ، ފޯރުކޮށް ދެމުން އަންނަކަން އުފަލާއެކު ފާހަގަ ކުރައްވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ލުއި ފަސޭހަ ހިދުމަތް ތަކެއް ފޯރުކޮށް ދެވި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބިގެން ދިޔުމަށް އުއްމީދު ކުރައްވާ ކަމަށް ފަސީހު ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ވެސް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފަސީހު ވިދާޅުވި އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް