މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މީޑިއާތަކުގެ ހިޔާލު ހޯދަނީ

---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގެންގުޅޭނެ އުސޫލުތަކާއި ހަމަތައް ބެލުމަށް މީޑިއާތަކުގެ އިސްވެރިންނާއި ބައްދަލުކުރަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުގައި މީޑިއާތަކަށް މާލީ އެހިތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއްވި ކަމަށާއި އެކަމާއި ގުޅިގެން މީޑިއާތަކުގެ އިސްވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، އަބުރުވެރި މިނިވަން މީޑިއާތަކެއް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވާފައި ކަމަށެވެ. އެހެންވެ އެކަމަށް ބާރު ދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމާއި ހަވާލުވެ މަސައްކަތް ކުރިން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި މަސައްކަތް ކުރިން. އެހެން ނަމަވެސް އޭރުގެ ބަޖެޓުގައި އެ ފައިސާ ޖަހާފައެއް ނެތް. އެހެންވީމާ އަލުން އަންނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެން މަސައްކަތް ކުރާއިރު މީޑިއާތަކާއި މަޝްވަރާކޮށްލައިގެން އަޅުގަނޑުމެން ބޭނުންވަނީ ކޮން ހަމަތަކެއް، ކޮން އުސޫލުތަކެއްތޯ އަޅުގަނޑުމެން ގެންގުޅެންވީ މީޑީއާތަކަށް ފައިސާ ދިނުމުގައި." އަސްވާޑު ވިދާޅުވިއެވެ.

އަސްވާޑު ވިދާޅުވި ގޮތުގައި، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް މިނިސްޓްރީން މިހާރު ވަނީ އުސޫލުތަކެއް ކަނޑައަޅާފައެވެ. އަދި މީޑިއާތަކަށް ފައިސާ ދިނުމުގައި ގެންގުޅޭނީ ކޮން ހަމަތަކެއް އަދި ކޮން އުސޫލުތަކެއްތޯ ބެލުމަށްޓަކައި އޮންލައިން އަދި ޕްރިންޓް މީޑިއާ ހިމެނޭގޮތަށް ރާއްޖޭގައި މީޑިއާތަކުގެ އެޑިޓަރުންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމަކަށްވާތީ އެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ވެރިކަމާއި ހަވާލުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ވައުދުވެވަޑައިގެންފައި އަބުރުވެރި މިނިވަން މީޑިއާތަކެއް އުފައްދަވާނެ ކަމަށް، އެކަމަށް ބާރު ދިނުމުގެ ގޮތުން އަޅުގަނޑުމެން ވާނީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދެވޭނެ އުސޫލެއް ކަނޑައަޅާފައި ނިންމާފައި." އަސްވާޑު ވިދާޅުވިއެވެ.

އަސްވާޑު ވިދާޅުވީ، ޓީވީ ސްޓޭޝަންތަކުގެ އިސްވެރިންނާއި އަދި އިންޑަސްޓްރީގެ އިތުރު ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށާއި، މީގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ނޫސްވެރިކަމަކީ އަބުރުވެރި، ސަލާން ޖަހަން ނުޖެހި ކުރާ ނޫސްވެރިކަމަކަށް ހެދުމާއި ވަކި ބައެއްގެ މުށުތެރޭގައި ނޫސްވެރިކަމުގެ ބާރުތައް އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށެވެ.

ހަމައެއާއެކު މިއީ ރާއްޖޭގެ ނޫސްވެރިކަން މިނިވަންކަންމަތީ ދެމިއޮތުމަށް ފަށާ މަސައްކަތުގެ ސިލްސިލާ ފެށުމެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

---

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

10 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy