ވިލިތަރި ގުރުއާން މުބާރާތް ނިންމައި ބައިވެރީންނަށް ލިޔުން ދީފި

ވިލިތަރި ގުރުއާން މުބާރާތުގެ ބައިވެރިއަކަށް އިނާމު ދެނީ -- ފޮޓޯ/ ޕޮލިސް

ވިލިތަރި ގުރުއާން މުބާރާތް ނިންމައި ވަނަ ވަނައަށް ހޮވުނު ބައިވެރީންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މިއީ ވިލިމާލެ ޕޮލިހުން އިންތިޒާމްކޮށްގެން މި ރަމަޟާން މަހު ވިލިމާލޭގައި ބޭއްވި މުބާރާތެކެވެ.

މިމަހުގެ 21 ވަނަ ދުވަހުގެރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއު އެވެ.

މި ރަސްމިއްޔާތުގައި ވަނީ ކޮންމެ އުމުރު ފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން ވަނަ ތަކަށް ހޮވުނު ކުދީންނަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމު އަދި މުޅި މުބާރާތުން ދެ ގޮފިން ވަނަތަކަށް ހޮވުނު ކުދީންނަށް ހަނދާނީ ފިލަޔާއި ފައިސާގެ އިނާމު ހަވާލު ކޮށްފަ އެވެ.

އަދި މި ރަސްމިއްޔާތުގައި ވަނީ މުބާރާތުގައި ފަޑިޔާރުކަން ކޮށްދެއްވި ފަރާތް ތަކަށާއި މުބާރާތަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރު ކޮށްދީފައިވާ ފަރާތް ތަކަށް ހަނދާނީ ލިޔުން ދީފަ އެވެ.

މި މަހު 18 އިން 19 އަށް ބޭއްވި މި މުބާރާތުގައި 95 ކުދީން ބައިވެރިވި އެވެ.

އެއީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ އުމުރު ފުރާގެ 24 ކުދީންނާއި ހަ އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާގެ 36 ކުދީންނާއި 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާގެ 24 ކުދީންގެ އިތުރުން  14އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާގެ 11 ކުދީންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy