--
އުނދަގުލުގެ ތެރެއިން ވެސް އީދަށް ދިއްލާލުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި ޗާލު ކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވިދާޅުވެއް ޖެވެ.
އަރީޝް ވިދާޅުވީ އީދަށް މާލެ ސިޓީ، ވިލިމާލެ، އަދި ހުޅުމާލޭގައި ކުލަބޮކި ޖަހާ މުޅި މާލެ އޭރިޔާ ދިއްލާލުމަކީ މާލެސިޓީގެ މޭޔަރު ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުންނެވިއިރު، ވަރަށް ކުލަ ގަދަކޮށް ކުރައްވަމުން ގެންދެވި މަސައްކަތެއް ކަމަށެވެ.
އަދި އޭރުގެ ސަރުކާރުން ކުރިމަތި ކުރުވި އުނދަގޫ ތަކާއި ދުއްތުރާ ތަކުގެ ތެރެއިން ވެސް އެކަން ކާމިޔާބު ކުރެއްވި ކަމަށާއި އެއީ ރައީސް މުއިއްޒު ކުރެއްވި ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އަރީޝް ވިދާޅުވި އެވެ.
"އަނެއްކާވެސް ކުރިއަށް މިދަނީ ސަރުކާރުން ސީދާ ރައީސް މުއިއްޒު ގެ އިރުޝާދުގެ ދަށުން މިކަން ފަށަން ސިޓީސް މިނިސްޓްރީއިން ނިކުންތަން. މާލެސިޓީ ކައުންސިލް އާ ކުރެވުނު މަޝްވަރާ ތަކަށްފަހު، އަޅުގަންޑުމެން ވެސް އެހީތެރިކަން އޮނަނާނެ،" އަރީޝް ވިދާޅުވި އެވެ.
މި އަހަރު އީދު އަލިން ރާއްޖޭގެ 65 ރަށް އެއްފަހަރާ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ދިއްލައިލުމަށް ވަނީ ހަމަޖެހިފަ އެވެ.
އީދު އަލި ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. މި އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް